logo
Bank of Maldives

Bank of Maldives

ކުޅިވަރު

އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ކުވޭތުގެ އަލް އަރަބް އާދެކޮލަށް މާޒިޔާ މިއަދު ނިކުންނަނީ

އަބްދުﷲ ޣާނިމް
12 އޯގަސްޓު 2025 - 06:19
އަލް އަރަބް އާއި މާޒިޔާ މިދިޔަ އަހަރު ކުޅުނު މެޗުގެ ތެރެއިން | ފޮޓޯ - މާޒިޔާ
އަލް އަރަބް އާއި މާޒިޔާ މިދިޔަ އަހަރު ކުޅުނު މެޗުގެ ތެރެއިން | ފޮޓޯ - މާޒިޔާ

2025/26 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ސްޓޭޖްގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ކުވެއިތުގެ އަލް އަރަބީ އެސްސީއާ ދެކޮޅަށް މިއަދު ނިކުންނަން ތައްޔާޜުވެއްޖެއެވެ. މި މެޗު ކުޅެވޭނީ ގަލޮޅު ދަނޑުގައި މިއަދު ހަވީރުގައެވެ.

އޭޝިއާގެ ކުރިއަރަމުން އަންނަ ކްލަބްތަކަށް ޚާއްސަ މި މުބާރާތުގެ ޕްރިލިމިނަރީ ސްޓޭޖްގައި 18 ޓީމެއް ވާދަކުރާއިރު، 9 މެޗެއް ކުޅެވޭނެއެވެ. މި މެޗުތަކުން މޮޅުވާ ޓީމުތައް ގްރޫޕް ސްޓޭޖަށް ދަތުރުކުރާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިދިވިދިގެން 4 ވަނަ ފަހަރަށް ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދައި، ޖުމްލަ 5 ވަނަ ފަހަރަށް މި ލަގަބު ހޯދުމުގެ ރެކޯޑާއެކު މާޒިޔާ މި މެޗަށް ނުކުންނަނީ ވަރަށް ރަނގަޅު ފޯމެއްގައެވެ. ފާއިތުވި މޫސުމުގައި އޭސީޖީއެލްގެ ގްރޫޕް ސްޓޭޖަށް ދަތުރުކުރި މާޒިޔާއިން މިފަހަރުވެސް އެ ކާމިޔާބީ ތަކުރާރުކުރަން މަސައްކަތްކުރާނެއެވެ.

މާޒިޔާގެ ވާދަވެރިޔާ، ކުވެއިތުގެ އަލް އަރަބީ އެސްސީއަކީ އެ ގައުމުގެ ލީގުގައި ރަނަރަޕް ވެފައިވާ އަދި 2024/25 ގެ މޫސުމުގައި ސެމީ ފައިނަލަށް ދަތުރުކުރި ގަދަ ޓީމެކެވެ. މި މެޗަކީ ދެ ޓީމަށްވެސް ވަރަށް މުހިންމު މެޗަކަށް ވާނެއެވެ. މީގެ އިތުރުން މާޒިޔާ އާއި އަލް އަރަބި މިދިޔަ އަހަރުގައި އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކުރި މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ އަލް އަރަބްގެ ޓީމުންނެވެ.

މިއަދުގެ މެޗުން މޮޅުވާ ޓީމަށް 20 ޓީމުގެ ގްރޫޕް ސްޓޭޖަށް ދަތުރުކުރެވޭނެއެވެ. އެ ސްޓޭޖްގައި އޮޓަމެޓިކުން ޖާގަ ލިބިފައިވާ 8 ޓީމާއި، އޭއެފްސީ ޗެމްޕިއަންސް ލީގް ޓޫގެ ޕްރިލިމިނަރީ ސްޓޭޖުން ވެއްޓޭ 3 ޓީމާއެކު ވާދަކުރަން ޖެހޭނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާވަލުގެ ފުލުގައި އޮތް ޓީސީއަތުން ބަލިވެ މާޒިޔާގެ މޮޅުވުމުގެ ރެކޯޑް ނިމުމަކަށްކުޅިވަރު | 12 ގަޑިއިރު ކުރިންވާދަވެރި ކުޅުމަކަށްފަހު ނިއުބަލިކޮށް 100% ރެކޯޑާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފިކުޅިވަރު | 21 ދުވަސް ކުރިންވިކްޓްރީ ބަލިކޮށް މާޒިޔާއިން 100% ގެ ރެކޯޑް ދަމަހަށްޓައިފިކުޅިވަރު | މަހެއް ކުރިންބޮޑު ތަފާތަކުން ގްރީން ބަލިކޮށް، މާޒިޔާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 2 މަސް ކުރިން