ކުޅުނު ތިން މެޗުންވެސް މޮޅުވެ، މާޒިޔާ އެއްވަނައިގައި ސެމީ ކަށަވަރުކުރުމާއި ގާތުގައި

ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: މާޒިޔާ

14 މޭ 2025 - 03:44
އެފްއޭއެމް ލީގު ކަޕްގައި ރޭގައި މަހިބަދޫ ސްޕޯޓްސް ކްލަބް 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ބުރުގެ އެއް ވަނަ އާއެކު ސެމީފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
ފަސް ޓީމުގެ މެދުގައި ކުރިއަށްދާ މި މުބާރާތުގެ ގަދަ ހަތަރެއް ސެމީ ފައިނަލަށް ދަތުރުކުރާއިރު، މާޒިޔާ އިން މިހާރު ވަނީ ގަދަ ހަތަރެއް ކަށަވަރުކޮށްފައެވެ. މާޒިޔާ އިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން 5-1 އިން ނިއު ރޭޑިއަންޓް ބަލިކޮށް، ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެފައިވެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ރޭގެ މެޗުގައި މާޒިޔާގެ އަލީ ފާސިރު (ސެންޓޭ) އިން 18 ވަނަ މިނެޓްގައި ޕެނަލްޓީއަކުން ލީޑު ނަގައި، ހަސަން ރާއިފް އަހުމަދު (ހަންނަ) އިން 28 ވަނަ މިނެޓްގައި ދެވަނަ ގޯލު ޖަހާފައިވެއެވެ. މީގެ އިތުރުން ނާއިޒު ހަސަން (ދާދު) އާއި ހަންނަ އަދި ސެންޓޭ އިން އިތުރު ގޯލުތައް ޖަހައި، ބަދަލު ކުޅުންތެރިން ކަމަށްވާ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އާއި މުހައްމަދު ޒީކް އަހުމަދު އިން ވެސް ގޯލު ޖަހާފައިވެއެވެ.
މި މެޗުގައި ފާހަގަކޮށްލެވޭ ކަމަކީ 17 އަހަރުގެ މުހައްމަދު ޒީކް އަހުމަދު މާޒިޔާގެ ސީނިއަރ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ގޯލެއް ޖެހުމެވެ. އަދި 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނުކަން ވެސް ފާހަގަކޮށްލެވެއެވެ.
ލީގު ކަޕްގެ ސެމީ ފައިނަލުގައި ލީގު ބުރުގެ އެއްވަނަ ޓީމު ކުޅޭނީ ހަތަރުވަނަ ޓީމާ އެކުގައެވެ. މާޒިޔާ އަށް މި މަހުގެ 21 ވަނަ ދުވަހު އޮޑި ސްޕޯޓްސް ކްލަބާ ކުޅޭ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ލީގު ބުރުގެ އެއްވަނަ ޔަގީންކުރެވޭނެއެވެ.
އެފްއޭއެމް ލީގު ކަޕްގެ ޖެހިގެން އަންނަ މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެދުވަހުގެ ހަވީރު ޓީސީ އާއި މަހިބަދޫ ބައްދަލުކުރާއިރު، ރޭގަނޑު ކުޅޭ މެޗުގައި އޮޑި ސްޕޯޓްސް ކްލަބުން ނިއު ރޭޑިއަންޓާ ކުރިމަތިލާނެއެވެ
އިތުރު ލިޔުންތައް

އޭ.އެފް.ސީ ޗެލަންޖް ލީގުގައި މާޒިޔާ ކުޅުނު ދެވަނަމެޗުންވެސް ބަލިވެއްޖެ.
8 މަސް ކުރިން
އަންނަ އަހަރުގެ ކަލަންޑަރުގައިވާ ތާރީޚައް ފުޓްބޯޅަ ސީޒަން ފެށޭނެކަން ޔަޤީން ނުވާތީ މާޒިޔާއިން ކުލަބުގެ ޕްރެކްޓިސްތައް މެދުކަނޑާލައިފި
6 މަސް ކުރިން
ފަހަތުންއަރައި އީގަލްސް ބަލިކޮށް މާޒިޔާއިން ޔޫތު ޗެންޕިއަންޝިޕްގެ ތަށި އުފުލާލައިފި
4 މަސް ކުރިން.png&w=3840&q=75)