logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިކްޓްރީ ބަލިކޮށް މާޒިޔާ އެއްވަނައިގައި ސެމީއަށް، ވާދަކުރަންޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށް

އަބްދުﷲ ޣާނިމް
17 ފެބްރުއަރީ 2026 - 03:59
ފޮޓޯ: މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް
ފޮޓޯ: މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް

ވިކްޓަރީ ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކަށަވަރުކޮށްފިއެވެ. މި ނަތީޖާއާއެކު ވިކްޓަރީ މުބާރާތުން ކަޓާފައިވާއިރު، މާޒިޔާއާއެކު މި ގްރޫޕުން ސެމީއަށް ދަތުރުކުރީ ބުރު ސްޕޯޓްސް ކްލަބެވެ.

މި މެޗަށް ނުކުުތްއިރު ވެސް، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަށް ވަނީ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައެވެ. އެއީ ފުރަތަމަ މެޗުން ބުރު ބަލިކޮށްފައި އޮތުމުންނެވެ. ނަމަވެސް، ބުރުން ވިކްޓަރީ ބަލިކުރުމާ ގުޅިގެން މިރޭގެ މެޗަށް ނުކުތްއިރު ގްރޫޕުގެ އެއްވެސް ޖާގައެއް ޔަގީންވެފައެއް ނުވެއެވެ. މާޒިޔާ ގްރޫޕުގެ އެއްވަނަ ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ 6 ޕޮއިންޓާއެކުގައެވެ. ދެވަނަ ހޯދި ބުރު އަށް 3 ޕޮއިންޓް ލިބިފައިވާއިރު، ވިކްޓަރީ ކެޓީ ދެ މެޗުން ވެސް ބަލިވެގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ވިކްޓަރީން ވަނީ ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ނަސޫހު ރަޝީދު (ޕިލާ) އަދި މިލޯސް ލެޗްނީ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް، މާޒިޔާގެ ޑިފެންޑަރުންނާއި ކީޕަރު ހުސެއިން ޝަރީފް ވަނީ އެ ހަމަލާތައް ހުއްޓުވައިފައެވެ.

މާޒިޔާއިން މެޗުގައި ޖެހި ދެ ލަނޑު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު ޖަހައިދިނީ ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީ އެވެ. މިއީ އަހުމަދު އައިހަމް (ފަތޯ) ނެގި ހުރަހަކުން މުހައްމަދު އިލާން އިމްރާން ފައިން ޖައްސާލި ބޯޅައެއް ގޯލަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މާޒިޔާގެ ދެވަނަ ލަނޑު ޖަހައިދިނީ ނާއިޒު ހަސަން (ދާދު) ނެގި ހުރަހަކުން ހައިޝަމް ހަސަން (ބިޑި) އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ ހުކުރާއި ހޮނިހިރު ދުވަހުގެރޭގައެވެ. އެއް ސެމީ ފައިނަލުގައި މާޒިޔާ ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި ދެވަނަ ސެމީގައި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ އޮޑި ސްޕޯޓްސް ކްލަބާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިކްޓްރީ ބަލިކޮށް މާޒިޔާ އެއްވަނައިގައި ސެމީއަށް، ވާދަކުރަންޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށްކުޅިވަރު | 2 ގަޑިއިރު ކުރިންފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ފުޓްބޯޅަ އެކަޑެމީއާއެކު ރާއްޖޭގެ 5 ސަރަޙައްދެއްގައި ނިއުރޭޑިއަންޓުން އެކަޑެމީ ޤާއިމުކުރަނީކުޅިވަރު | 9 ދުވަސް ކުރިންނިއުރޭޑިއަންޓްގެ ކޯޗު ސުޒޭންގެ ބައްޕަ ނިޔާވެއްޖެޚަބަރު | 10 ދުވަސް ކުރިންފަހުވަގުތުގެ ދެގޯލާއެކު ނިއުއަށް މުހިންމު މޮޅެއްކުޅިވަރު | މަހެއް ކުރިން