logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވަރުގަދަ މާޒިޔާ ކަޓުވާލައި ބުރުން އެފްއޭ ކަޕް ސެމީގެ ފަަހު ޖާގަ ހޯދައިފި

އަބްދުﷲ ޣާނިމް
12 އޭޕްރީލު 2026 - 03:00
ފޮޓޯ: އެފް.އޭ.އެމް
ފޮޓޯ: އެފް.އޭ.އެމް

އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އެ ޓީމު މުބާރާތުން ކަޓުވާލުމަށް ފަހު، ބުރު ސްޕޯޓްސް ކްލަބުން އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ. މިރޭ ކުޅުނު ފޯރިގަދަ ކުއާޓާ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ބުރުން ކުރިހޯދީ 6-5 ގެ ނަތީޖާއަކުންނެވެ.

މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭއެމް ލީގު ކަޕް ކާމިޔާބުކުރި މާޒިޔާ ކަޓުވާލުމަށް ފަހު، ސެމީ ފައިނަލުގައި ބުރު ބައްދަލުކުރާނީ ބުދަ ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކްލަބާ އެވެ. ޓީސީން ސެމީގެ ޖާގައެއް ހޯދީ މިއަދު ހަވީރު ކުޅުނު މެޗުގައި ފަހަތުން އަރައި ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. ސެމީ ފައިނަލުގެ އަނެއް މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކްލަބެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ މާޒިޔާ އަށް ލީޑު ނަގައިދީފަ އެވެ. އަދި 62 ވަނަ މިނިޓުގައި މުހައްމަދު އިލާން އިމްރާން ޖެހި ގޯލުން މާޒިޔާ އިން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ނަމަވެސް ބުރުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި، 69 ވަނަ މިނިޓުގައި ތޯއިފް ގާސިމް ޖެހި ލަނޑާއި އޭގެ މިނިޓެއް ފަހުން ޑިއަވަންޑޫ ޑިއާނޭ ކާމިޔާބުކުރި ލަނޑުން މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މާޒިޔާ އިން މި މުބާރާތަށް ނުކުތީ އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) ގެ އިރުޝާދުގެ ދަށުންނެވެ. އެއީ އެ ޓީމުގެ ސްޕެއިން ކޯޗު ލުއިސްމާ ހެނާންޑޭޒްގެ ކޮންޓްރެކްޓް ހަމަވެ ޓީމު ދޫކޮށްލުމުންނެވެ. އަނެއްކޮޅުން ބުރުގެ ކޯޗަކީ ކުރިން މާޒިޔާ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީތަކުގައި ބުރުގެ ކީޕަރު އަބްދުﷲ އަރުޝަން ވަނީ މުހިންމު ސޭވްތަކެއް ކޮށްފަ އެވެ. މާޒިޔާ އިން ޖެހި އަށް ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ފަސް ޕެނަލްޓީ އެވެ. ބުރުން ވަނީ 8 ޕެނަލްޓީގެ ތެރެއިން 6 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މި ނަތީޖާއާއެކު މި ސީޒަނުގެ ލީގު ޗެންޕިއަން މާޒިޔާ އަށް މިހާރު ވަނީ ލީގު ނިމިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަރުގަދަ މާޒިޔާ ކަޓުވާލައި ބުރުން އެފްއޭ ކަޕް ސެމީގެ ފަަހު ޖާގަ ހޯދައިފިކުޅިވަރު | ގަޑިއިރެއް ކުރިންޕެނަލްޓީޖަހައިގެން ނިއުރޭޑިއަންޓް ބަލިކޮށް ޕްރެސިޑެންޓްސް ކަޕުގެ ފުރަތަމަ ޖާގަ މާޒިޔާއަށްކުޅިވަރު | 2 މަސް ކުރިންވިކްޓްރީ ބަލިކޮށް މާޒިޔާ އެއްވަނައިގައި ސެމީއަށް، ވާދަކުރަންޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށްކުޅިވަރު | 2 މަސް ކުރިންތާވަލުގެ ފުލުގައި އޮތް ޓީސީއަތުން ބަލިވެ މާޒިޔާގެ މޮޅުވުމުގެ ރެކޯޑް ނިމުމަކަށްކުޅިވަރު | 4 މަސް ކުރިން