logo
E-Platinum
ޚަބަރު

މާލީ ގޯސްތަކާ ގުޅޭ އޮޑިޓް ރިޕޯޓް އާއްމުކުރަނީ

އަޙްމަދު ޒަލީފް
30 އޮކްޓޯބަރު 2024 - 10:59
މާލީ ގޯސްތަކާ ގުޅޭ އޮޑިޓް ރިޕޯޓް އާއްމުކުރަނީ

ދަޢުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައިވާ ބޮޑެތި ގޯސްތައް ހިމެނޭ އޮޑިޓް ރިޕޯޓް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ މިދިޔަ އަހަރުތަކުގައި ޚަރަދުކޮށްފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރަށް އިތުރަށް ޚަރަދު ނުކުރަން ޤާނޫނުން ލާޒިމްކުރާއިރު އެކަމަކީ ޤާނޫނާއި ހިލާފުކަމެއްކަން ބަންޑާރަނައިބު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، މިކަމާއިމެދު ގޮތެއް ނިންމޭނީ އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓަކަށް ބެލުމަށްފަހުގައިކަމަށެވެ. ކުރިއަށްއޮތް 2 ހަފްތާގެ ތެރޭގައި މި ރިޕޯޓް ނެރެވޭނެކަމަށް މައުލޫމާތުލިބިފައިވާކަމަށް އުޝާމް ވިދާޅުވިއެވެ.


"އޮޑިޓަރ ޖެނެރަލް އަޅުގަނޑަށް މިއަދު މައުލޫމާތުދެއްވީ އެބޭފުޅުން ބޭނުންފުޅުވާ ހުރިހައި މައުލޫމާތެއް އެބޭފުޅުންނަށް ލިބިފައި ހުރިކަމަށް ވިދާޅުވީ. އެބޭފުޅުން ނެރުއްވާ ރިޕޯޓްގެ މަސައްކަތް ކުރިއަށްއޮތް ދެހަފްތާއެއްހައި ދުވަހުގެ ތެރޭގައި ނިންމަވާނެކަމަށް ވިދާޅުވި. އޮޑިޓަރ ޖެނެރަލް ރިޕޯޓް ނެރުއްވީމަ އެ ރިޕޯޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަމަށް ބެލުމަށްފަހު އެ މައްސަލައިގައި ދެން ކުރިއަށްދާނެގޮތްތަކެއް ނިންމާނީ" ބަންޑާރަނައިބު ވިދާޅުވިއެވެ.

ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި އެހާ ބޮޑު ގޯހެއް ހަދާފައިވާއިރު އެއީ މި ސަރުކާރުން އަޅާނުލާ ދޫކޮށްލާނެކަމެއް ނޫންކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސް އޮފީހުގެ ދައުރެއް އޮންނަގޮތަށް ގަވާއިދު އިސްލާހުކުރަނީޚަބަރު | 2 މަސް ކުރިންމި އަހަރުގެ ތެރޭގައި އެސެޓް ރިކަވަރީ ބިލު މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރަނީ ޚަބަރު | 3 މަސް ކުރިންއެއްވެސް ފަނޑިޔާރަކަށް އިންޒާރެއް ނުދެން - އުޝާމް ޚަބަރު | 3 މަސް ކުރިންއައިސީޖޭގައި ފަލަސްތީނުގެ ހައްގު ރައީސް މުޢިއްޒުގެ ސަރުކާރުން ވަކާލާތުކޮށްފިޚަބަރު | 3 މަސް ކުރިން