ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސްގެ ދެ ކަނބަލުން އެނބުރި ވަޑައިގަންނަވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު -- ފޮޓޯ/ ރައީސް އޮފީސް
29 އޯގަސްޓު 2024 - 06:42
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރާއްޖެ އެނބުރި ވަޑައިގަންނަވައިފިއެވެ.
ރައީސްގެ ދެ ކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
ރައީސް ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ރަސްމީ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް، ރައީސް ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން އޮތް ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަންނަވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެން ހެލްތު ޗެކަޕެއް ހެއްދެވުމަށް ކަމަށެވެ.