logo
Bank of Maldives

Bank of Maldives

ދުނިޔެ

ކެނެޑާގެ ތުހުމަތު މޯދީގެ އަރިސް ވަޒީރަކަށް

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
31 އޮކްޓޯބަރު 2024 - 04:04
 ކެނެޑާގެ ތުހުމަތު މޯދީގެ އަރިސް ވަޒީރަކަށް

އިންޑިއާގެ ސިކުން ހިންގާ ވަކިވެގަތުމުގެ ހަރަކާތަށް ތާއީދުކުރާ ހަރުދީޕް ސިންގް ނިޖާރް ކެނެޑާގައި މިދިޔަ އަހަރު މަރާލި މައްސަލައިގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ އަރިސް ވަޒީރަކަށް ކެނެޑާއިން ތުހުމަތުކޮށްފިއެވެ.

ކެނެޑާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑޭވިޑް މޮރިސަން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއްގައި ވިދާޅުވީ ބްރިޓިޝް ކޮލަމްބިއާގައި އެކްޓިވިސްޓް ހަރްދީޕް ސިންގް ނިއްޖާރު މަރާލުމާ، ސިކް ވަކިވެގަތް މީހުންނަށް އަމާޒުކޮށް ހިންގާ އަމަލުތަކުގެ ފަހަތުގައި ޝާހު އިސްކޮށް އުޅުއްވިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތުހުމަތުތަކަށް އިންޑިއާއިން ރަސްމީކޮށް އަދި ޖަވާބެއް ދީފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުން ސަރުކާރުގެ އޮފިޝަލުން ވަނީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ. މޮރިސަން އިތުރަށް ވިދާޅުވީ ކެނެޑާގެ ވާހަކަތަކަށް ތާއީދުކުރާ ވަކި ހެއްކެއް ހާމަކޮށްފައި ނުވި ނަމަވެސް ވޮޝިންޓަން ޕޯސްޓުގެ ނޫސްވެރިޔަކާ ޝާހުގެ ބައިވެރިވުން އޮތްކަން ޔަގީންވާ ކަމަށެވެ.

ކެނެޑާގެ ބޮޑު ވަޒީރުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ނަތަލީ ޑްރޮއިން އަންގާރަ ދުވަހު ވިދާޅުވީ އިންޑިއާ ސަރުކާރުން، ފުރަތަމަ ކެނެޑާގައި ތިބި އިންޑިއާގެ ރައްޔިތުންނާއި ކެނެޑާގެ ރައްޔިތުންނާ ބެހޭ މައުލޫމާތު އެއްކުރި ހެކިތައް ކެނެޑާއަށް ލިބިފައިވާ ކަމަށެވެ.

އޭގެފަހުން އެ މައުލޫމާތު އިންޑިއާ ސަރުކާރަށް ފޯރުކޮށްދިނީ ލޯރެންސް ބިޝްނޯއީއާ ގުޅުން ހުރި ޖިނާއީ ނެޓްވޯކަކާ ގުޅިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ނަތަލީ ވިދާޅުވިއެވެ.

ބިޝްނޯއީ މިހާރު އިންޑިއާގެ ޖަލުގައި ހުރި ނަމަވެސް ނަތަލީ ވިދާޅުވީ، އޭނާގެ ފުޅާ ޖިނާއީ ނެޓްވޯކަކީ ކެނެޑާގައި މީހުން މެރުމާއި، މެރުމަށް ރޭވުމާއި، ބާރުގެ ބޭނުންކޮށްގެން މަޖުބޫރުން ކަންތައްތަ ކުރުވުމާއި، އެހެނިހެން އަނިޔާވެރި ޖަރީމާތަކާ ގުޅުން ހުރި ނެޓްވޯކެއް ކަމަށެވެ.

އިންޑިއާ ސަރުކާރުން ވަނީ ކެނެޑާއިންކުރި ތުހުމަތުތައް ދޮގުކޮށް، ކެނެޑާގައި ތިބި އެ ގައުމުގެ ހަ ޑިޕްލޮމެޓުން އަނބުރާ ގައުމަށް ގެނެސްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮއިންގ-787 މަރުކާގެ އެއްވެސް ބޯޓެއްގައި މައްސަލައެއް ހުރިތޯ ބަލަނީ World | 3 މަސް ކުރިންއިންޑިއާ ކައިރިން ދަތުރުކުރި ބޯޓެއްގައި ރޯވެ ހަތަރު ފަޅުވެރިން ގެއްލިއްޖެދުނިޔެ | 3 މަސް ކުރިންއިންޑިޔާ އާއި ޕާކިސްތާން ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެދުނިޔެ | 4 މަސް ކުރިންސަރަހައްދީ ބޮޑު ބިރުވެރިކަމެއް، އިންޑިއާ އިން ޕާކިސްތާނަށް ހަމަލާދީ ހަނގުރާމަ ފަށައިފިޚަބަރު | 4 މަސް ކުރިން