logo
ދުނިޔެ

ޕާކިސްތާނުގައި ބޮމުގެ ހަމަލާއެއް، 14 މަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ނޮވެމްބަރު 2024 - 01:11
ޕާކިސްތާނުގައި ބޮމުގެ ހަމަލާއެއް، 14 މަރު

ޕާކިސްތާނުގެ ދެކުނު ހުޅަނގު ސަރަޙައްދުގައި ހުރި އަންހެން ކުދިންގެ ސްކޫލެއްގެ ކައިރީގައި ހިނގި ބޮން ގޮއްވުމެއްގައި މަދުވެގެން 14 މީހުން މަރުވެ، 23 މީހުންނަށް އަނިޔާވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި 5 ސްކޫލް ކުދިން ހިމެނެއެވެ.

ހުކުރު ދުވަހު ހިނގި މި ހަމަލާ އަމާޒުކޮށްފައިވަނީ ބަލޫޗިސްތާން ޕްރޮވިންސްގެ މަސްތުންގް ރަށުގައި ޕޯލިއޯ ވެކްސިން ޖެހުމުގެ މަސައްކަތް ބަލަހައްޓަމުން ދިޔަ ފުލުހުންނަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސީނިއަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙްމަތުﷲ ރޮއިޓަރސް ނިއުސް އޭޖެންސީއަށް ވިދާޅުވި ގޮތުގައި މި ހަމަލާގެ އަމާޒަކަށްވީ ޕޯލިއޯ ވެކްސިން ޖަހާ ޓީމެއް ގެންދަން ދިޔަ ފުލުހުންގެ ވެހިކަލަކަށެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، 5 ކުދިންނާއި، ފުލުހުންގެ އޮފިސަރަކާއި، މަގުމަތިން ދިޔަ މީހަކު ވަނީ ގޮއްވުމާއެކު މަރުވެފައެވެ. އަދި ދެ ފިރިހެނުން ވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ.

މި ގޮއްވުން ހިނގާފައިވަނީ ސްކޫލް ކައިރީގައި ޕާކުކޮށްފައި ހުރި މޮޓޯ ސައިކަލަކަށް ހަރުކޮށްފައިވާ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސްއަކުން ކަމަށް ބެލެވެއެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެނެވެ. އަދި ސަރުކާރުން ވަނީ މި ހަމަލާ ގަދަ އަޑުން ކުށްވެރިކޮށް، ޒިންމާވާ ފަރާތްތައް ހޯދައި ޢަދުލުގެ ކުރިމައްޗަށް ގެނައުމަށް އަޒުމު ކަނޑައަޅާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގައި ފެންބޮޑުވުން: ބިންގަނޑު ކަނޑައިގެން ގޮސް ނުރައްކާ ބޮޑުވެއްޖެ ޚަބަރު | 13 ދުވަސް ކުރިންޕާކިސްތާނުގައި ފެންބޮޑުވެ 9 މީހަކު މަރުވެއްޖެ ޚަބަރު | 2 މަސް ކުރިންއިންޑިޔާ އާއި ޕާކިސްތާން ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެދުނިޔެ | 4 މަސް ކުރިންސަރަހައްދީ ބޮޑު ބިރުވެރިކަމެއް، އިންޑިއާ އިން ޕާކިސްތާނަށް ހަމަލާދީ ހަނގުރާމަ ފަށައިފިޚަބަރު | 4 މަސް ކުރިން