logo
Bank of Maldives

Bank of Maldives

ދުނިޔެ

އަފްޣާނިސްތާނުގެ ޚައްޞާޞް ސަރަހައްދުތަކަށް އަމާޒުކޮށް، ޕާކިސްތާނުގެ ނުރައްކާތެރި ހަމަލާތަކެއް

އިސްމާޢިލް ރާތިޢު
28 ފެބްރުއަރީ 2026 - 05:55
ފޮޓޯ: ގެޓީ އިމޭޖަސް
ފޮޓޯ: ގެޓީ އިމޭޖަސް

ޕާކިސްތާންގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޖަމާޢަތް، ޠާލިބާނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، އަފްޣާނިސްތާނުގެ ވެރިކަންކުރާ ކާބުލްއަށާއި، ކަންދަހަރާއި ބަކްތިޔާއަށް ވައިގެ ވަރުގަދަ ޙަމަލާތަކެއްދީފިއެވެ.

ޕާކިސްތާނުން އަފްޣާނިސްތާނަށް ޙަމަލާދީފައި ވަނީ ޠާލިބާުނުންގެ އަސްކަރީ މަޤާމުތަކަށް އަމާޒުކޮށް ކަމަށް ބުނެއެވެ. މިއީ ފާއިތުވި އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި ބަދަލުކޮށްފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. ޕާކިސްތާނުން ދިން ޙަމަލާތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވެފައިވާ މިންވަރު ހާމަވެގެންދެއެވެ.

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު ޢާޞިފް ވަނީ، އެ ޙަމަލާތަކަކީ "ފާޅުކަން ބޮޑު ހަނގުރާމައެއް"ގެ ފެށުމުގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ޢާޞިފް ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި މައްސަލަތައް އުފެދިފައި އޮންނަތާ އެތައް މަހެއް ވެފައިވާ ކަމަށާއި، ޕާކިސްތާނުގެ ކެތްތެރިކަން މިހާރު ކޮޅުންލާފައިވާ ކަމަށެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް ވިދާޅުވީ އަމިއްލަ ވަޠަން ދިފާޢުކުރުމުގައި އެއްވެސް މިންވަރަކަށް ދޫ ދިނުމެއް ނޯންނާނެ ކަމަށެވެ.

ޕާކިސްތާނުން އަފްޣާނިސްތާނަށް ޙަމަލާ ދިީފައި ވަނީ ދެފަރާތުގެ ދެމެދުގައި މީގެ ކުރިން އެކުލަވާލާފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ އެއްބަސްވުން ޤާއިމްކޮށްފައި ވަނީ ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ޙަމަލާތައް 10 ދުވަހުގެ މުއްދަތަށް ބަދަލުކުރުމަށް ފަހުގައެވެ.

ޕާކިސްތާނުން ދިން ހަމަލާތަކުގައި އަފްޣާނިސްތާނުގެ 133 މަރުވެ، 27 އަސްކަރީ އައުޓްޕޯސްޓު ސުންނާފަސިކޮށްލާފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ. އަދި އަފްޣާނިސްތާނުން ބުނަނީ ޕާކިސްތާނުގެ 55 ސިފައިން މަރުވެފައިވާ ކަމަށެވެ. އަދި 19 އަައުޓްޕޯސްޓެެއް ވެސް އަތުލައިގެންފައިވާ ކަމަށެވެ. ނަމަވެސް ޕާކިސްތާނުން އެ ކަން ދޮގުކުރެއެވެ. ޕާކިސްތާނުން ބުނަނީ ޙަމަލާތަކުގައި މަރުވެފައި ވަނީ އެ ޤައުމުގެ ދެ ސިފައިން ކަމަށެވެ.

ޠާލިބާނުގެ ތަރުޖަމާނު، ޛަބީޙުﷲ މުޖާހިދު ވަނީ ކާބުލްއަށާއި ކަންދަހާރަށާއި ބަކްތިޔާއަށް ޙަމަލާ ދީފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އަދި ރައްދު ޙަމަލާ ދިނުމުގެ މަސައްކަތްތައް ކަންދަހާރާއި ހަލްމަންދުގައި ކުރިއަށްދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ވިދާޅުވެފައިވާ ގޮތުގައި ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އުފެދިފައިވާ މައްސަލައިގެ މިސްރާބު މިހާރު ހުރީ ވަރަށް ނުރައްކާތެރި މަގަކަށެވެ. އަދި އެ ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ބޭނުންކުރެވޭނެ އެއްވެސް އޮނިގަނޑެއް އެކުލަވާލާފައި ނުވާ ކަމަށް މާހިރުން ބުނެއެވެ. ޕާކިސްތާނުން އަފްޣާނިސްތާނަށް ޙަމަލާ ދީފައި މި ވަނީ އެ ޤައުމަށް އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ކަމަށް ބެލެވޭ ހަތިޔާރު އެޅި ޖަމާޢަތްތަކުން ތަކުރާރުކޮށް ޙަމަލާ ދެމުން ދަނިކޮށް ކަމަށްވި އިރު، ޕާކިސްތާނުން މީގެ ކުރިން ވަނީ އެ ފަދަ ޖަމާޢަތްތައް ކޮންޓްރޯލް ކުރުމަށް އަފްޣާނިސްތާނުގެ ސަރުކާރުގެ ކިބައިން އެދިފައެވެ. ނަމަވެސް މި ޙާލަތުގައި ފަދަ ޙަމަލާ ދީގެން މައްސަލަ އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށް ބައެއް މާހިރުން ދެކެއެވެ. އެގެ ސަބަބުން ހަމަނުޖެހުން އުފުދޭނެ ކަމަށާއި، އެއީ ނިރުބަވެރި ޖަމާޢަތްތަކުން އުފައްދަން ބޭނުންވާ ފަދަ މާހައުލު ކަމަށް ވެސް މާހިރުން ޤަބޫލުކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަފްޣާނިސްތާނުގެ ޚައްޞާޞް ސަރަހައްދުތަކަށް އަމާޒުކޮށް، ޕާކިސްތާނުގެ ނުރައްކާތެރި ހަމަލާތަކެއްދުނިޔެ | ގަޑިއިރެއް ކުރިންޕެޓްސް މުބާރާތުން ރަން މެޑަލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް ޚަބަރު | 14 ދުވަސް ކުރިންޕެޓްސް މުބާރާތުގައި ބައިވެރިވި އެމްއެންޑީއެފް ޓީމުން ރަން މެޑެލި ހާސިލުކޮށްފިޚަބަރު | 19 ދުވަސް ކުރިންޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ޖަނާޒާއަށް މަގު ފުރާލައިފިދުނިޔެ | 21 ދުވަސް ކުރިން