logoEN
ޚަބަރު

ދިވެހި ސަފީރު އަފްޣާނިސްތާނު މަންދޫބާ ބައްދަލުކުރެއްވީ ހުއްދަ ނެތި

އާމިނަތު ސަފާއާމިނަތު ސަފާ

03 ނޮވެމްބަރު 2024 - 09:08

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަފްޣާނިސްތާނުގެ ފަރާތުން ޕާކިސްތާނުގައި ހުންނަވާ މަންދޫބާ އެކު ބޭއްވި ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފިއެވެ.

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތޯހާ މުހައްމަދު، އަފްޣާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ މަންދޫބު، ސަރްދާރް އަހުމަދު ޝަކީބާއި ބައްދަލުކޮށްފައިވާކަމަށް މީގެ ދެ ދުވަސް ކުރިން މީޑިއާތަކުގައި އަޑުފެތުރިފައިވެއެވެ.

މިކަމާ ގުޅިގެން ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ބުނެފައެވެ.

އަދި ދިވެހިރާއްޖޭން ޤައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އ.ދ. އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުޞޫލުތަކަށްކަމަށާއި އަދި މި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އ.ދ. ގައި އަފްޣާނިސްތާނު ތަމްސީލުކުރާ ފަރާތަކީ އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތް ކަމުގައި ސަރުކާރުންވަނީ ބުނެފައެވެ.

ތާލިބާނުން އަފްޣާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައީ 2021 ވަނަ އަހަރު އެވެ. މިހާރު އަފްޣާނިސްތާނުގައި އޮންނަނީ ތާލިބާނުން އެކުލަވާލާފައިވާ ސަރުކާރެކެވެ. ނަމަވެސް އެއްވެސް ގައުމަކުން އެމީހުންގެ ވެރިކަން އަދި ރަސްމީ ސިފައެއްގައި ބަލައިގަންފައެއް ނުވެއެވެ.

ކޮމެންޓް

871x217_placeholder