logo
E-Platinum
ޚަބަރު

އެމް.ޑަބްލިޔު.އެސް.ސީއިން ރާއްޖޭގައި ކޮންޑުއިޓް ޕައިޕް އުފައްދާ ބާޒާރަށް ނެރެފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
29 އޯގަސްޓު 2024 - 11:07
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން، ކަރަންޓް ވަޔަރ ކުރުމަށް ބޭނުންވާ ކޮންޑުއިޓް ޕައިޕް ރާއްޖޭގައި އަލަށް އުފައްދާ، ބާޒާރަށް ނެރެފިއެވެ.

މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންޑުއިޓް ޕައިޕް ބާޒާރަށް ނެރެދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ އިސްވެރިންނާއި  އަދި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް ޓީމުން ވަނީ ބައިވެރިވެލައްވާފައެވެ.

އެެމް.ޑަބްލިޔު.އެސް.ސީ އިން ގުޅީފަޅުގައި 2015 ވަނަ އަހަރު ޤާއިމްކޮށްފައިވާ ހޮޅި އުފައްދާ ކާރުޚާނާއިން ހަތަރު ސައިޒެއްގެ، ފެންވަރު ރަނގަޅު، ކޮންޑުއިޓް ހޮޅި އުފައްދައި ބާޒާރަށް ވަނީ ނެރެފަައިކަމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ހާމަކޮށްފައެވެ. މިގޮތުން، ކަރަންޓް ވަޔަރިންގގެ އެކި މަސައްކަތްތަކުގެ ބޭނުމަށް އުފައްދާ ތަފާތު ހަތަރު ސައިޒުގެ ތެރޭގައި؛ 16 މިލިމީޓަރއާއި، 20 މިލިމީޓަރއާއި، 25 މިލިމީޓަރއާއި، 32 މިލިމީޓަރގެ އިތުރުން 40 މިލިމީޓަރގެ އެކި ކުލައިގެ ކޮންޑުއިޓް ހޮޅި ހިމެނެއެވެ. އެމްޑަބްލިޔުއެސްސީގެ ހޮޅި އުފައްދާ ކާރުޙާނާއަކީ އައި.އެސް އޯ 9001 އަށް ސެޓިފައި ކުރެވިފައިވާ ކާރުޙާނާއެއް ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ ބަޔާންކޮށްފައެވެ.

ރާއްޖޭގައި ކޮންޑުއިޓް ހޮޅި އުފައްދައި ބަޒާރަށް ނެރެ ވިއްކަން ފެށުމުން، ރާއްޖޭގެ ގެދޮރު ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކޮންސްޓްރަކްޝަން ކުންފުނިތަކާއި، ހާރޑްވެއަރ ފިހާރަތަކަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެން ދާނެކަމަށް ވެސް އެެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ިމިގޮތުން، ރާއްޖެ އިން ބޭރުން ހޮޅި ގެނައުމުގައި ލަސްވާ ލަސްވުން ފަދަ ކަންކަމުން ދިމާވާ ދަތިތައް ކުޑަކުރުމަށް އެހީތެރިވެ، އަދި ރާއްޖޭގެ އިޤްތިޞާދަށް މިކަމުގެ ހެޔޮ އަސަރު ކުރުމަށް މަގު ފަހިވެގެންދާނެކަމަށް ވެސް އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ ހާމަކޮށްފައެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކޮށް ކުރި އަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމަޢު އަށް ފޯރުކޮށްދިނުން ކަމަށް ވެސް އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް އެމްޑަބްލިޔުއެސްސީ އިން ބަހައްޓައިފިޚަބަރު | މަހެއް ކުރިންގދ. ދެރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފިޚަބަރު | މަހެއް ކުރިންނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މޭ މަހު ފެށޭނެ: މަތީންޚަބަރު | 4 މަސް ކުރިން20 ރަށެއްގެ ފެނާއި ނަރުދަމާ ނިމިއްޖެ، މަޝްރޫޢުތަކަށް 1.34 ބިލިއަން ރުފިޔާ ޚަބަރު | 7 މަސް ކުރިން