logo
Bank of Maldives

Bank of Maldives

ޚަބަރު

ގދ. ދެރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

ޝަހްޒާ މުހައްމަދު
16 ޖޫން 2025 - 05:22
ގދ. ދެރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

ގދ.ފިޔޯރީ އާއި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.


މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ،(އެމްޑަބްލިޔުއެސްސީ) އިން ބުނިގޮތުގައި މި ދެެރަށުގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއި ފެނަކަ އާއި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެދެރަށަށް ވަޑައިގެންނެވެ.

ފިޔޯރީ އާއި ވާދޫގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނުގެ މައިނެޓްވޯރކް އަޅާ އަދި ގެތަކަށް ވަނީ ފެން ގުޅާފައެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް އެދެރަށަށް ފޯރުކޮށްދޭނެކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.

ފިޔޯރީ އާއި ވާދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢެކެވެ.

މީގެ ތެރެއިން ފިޔޯރީ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތަށް 59.95 މިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު ވާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢަށް 60.99 މިލިޔަން ރުފިޔާވަނީ ޚަރަދުވެފައެވެ.

މިމަޝްރޫޢުގެ ސަބަބުން ފިޔޯރީއާއި ވާދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫޢެއް ހުއްޓުމަށް މެދުވެރިވެފައިވާ މައްސަލަތައް ޙައްލުކޮށް ސަރުކާރުގެ ފުރިހަމަ ބާރު އޮންނަގޮތަށް އެ މަޝްރޫޢުތައް ކުރިއަށްގެންގޮސް ވަރަށް އަވަހަށް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ހުސެއިން ފަހުމީ އައްޔަނު ކޮށްފިޚަބަރު | މަހެއް ކުރިންފެން ކުންފުނީގެ އެމްޑީ މަތީނު ވެސް އިސްތިއުފާ ދެއްވައިފިޚަބަރު | މަހެއް ކުރިންހުޅުމާލޭގައި ޤާއިމްކުރި ފެންއުފައްދާ އާރޯ ޕަލާންޓް ބޭނުން ކުރަން ފަށައިފިޚަބަރު | 3 މަސް ކުރިންމާފުށީގެ ދުވަސްވީ ނަރުދަމާ އަޕްގްރޭޑްކޮށް އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފިޚަބަރު | 3 މަސް ކުރިން