logo
E-Platinum
ޚަބަރު

ރާއްޖެއަށް ޑްރަގް އެތެރެކުރި 3 މީހަކު ހައްޔަރުކޮށްފި

އަޙްމަދު ޒަލީފް
3 ނޮވެމްބަރު 2024 - 12:49
ރާއްޖެއަށް ޑްރަގް އެތެރެކުރި 3 މީހަކު ހައްޔަރުކޮށްފި

ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ / ފާގަތިގެ، އަަޙްމަދު ނަޞީރު (45އ)، ގއ. ކަނޑުހުޅުދޫ / ނެސްޓް، ޢަލީ އައިހަމް (18އ) އަދި ރޮހަމާން، ބަންގްލަދޭޝް (29އ) އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 3 މީހުންގެ ތެރެއިން، އަަޙްމަދު ނަޞީރު ހައްޔަރުކޮށްފައިވަނީ ކަސްޓްމަސްއިން ފުލުހުންނާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށެވެ.

އޭނާ ހައްޔަރުކޮށް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.

ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި 3 މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 5 ކިލޯ 936 ގްރާމް ހުރިކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މި މައްސަލައާ ގުޅިގެން މި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަަޙްމަދު ނަޞީރު (45އ) 5 ދުވަހަށް، ޢަލީ އައިހަމް (18އ) 10 ދުވަހަށް އަދި ރޮހަމާން (29އ) 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެއްޗާ އެކު ގުރައިދޫއިން މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ދުވަސް ކުރިންމަސްތުވުވާތަކެތީގެ ވަބާއަށް ނުހެއްލި، ފަރުވާގެ ނިޒާމަށް އަވަސްވުމަށް އެންޑީއޭ އިން ގޮވާލައިފިޚަބަރު | 3 މަސް ކުރިންދެ ކިލޯގެ ޑްރަގް މައްސަލައެއްގައި އަތުލައިގަތް މީހެއްގެ އަދަބު ކުޑަ ކޮށްފި ޚަބަރު | 7 މަސް ކުރިންރާއްޖެއަށް ޑްރަގް އެތެރެކުރި 3 މީހަކު ހައްޔަރުކޮށްފި ޚަބަރު | 8 މަސް ކުރިން