logo
E-Platinum
ޚަބަރު

މަސްތުވުވާތަކެތީގެ ވަބާއަށް ނުހެއްލި، ފަރުވާގެ ނިޒާމަށް އަވަސްވުމަށް އެންޑީއޭ އިން ގޮވާލައިފި

މަސްތުވުވާތަކެތީގެ ވަބާއަށް ނުހެއްލި، ފަރުވާގެ ނިޒާމަށް އަވަސްވުމަށް އެންޑީއޭ އިން ގޮވާލައިފި

މަސްތުވުވާތަކެތީގެ ވަބާއަށް ނުހެއްލި، ފަރުވާގެ ނިޒާމަށް އަވަސްވުމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެންޑީއޭން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ، ނުރައްކާތެރި މަސްތުވާތަކެއްޗާ، އެނޫންވެސް މަސްތުވާޒާތުގެ އެންމެހާއި މާއްދާތަކާއި ތަކެތީގެ ވަބާއިން ސަލާމަތްވެ، އެ އޭޖެންސީގެ ފަރުވާގެ ނިޒާމަަށް ވަނުމަށް ބާރުއަޅާފައެވެ.

މިކަމާ ގުޅިގެން އެންޑިއޭގެ ފަރާތުން 'މެންދުރު ޓީވީ' އަށް މައުލޫމާތު ދެއްވަމުން އެންޑިއޭގެ އޮފިޝަލަކު ވިދާޅުވީ، މި ނުރައްކާތެރި ވަބާގައި ޖެހިފައިވާ ފަރާތްތަކުގެ އާއިލާތަކާއި، ގާތް ރަހުމަތްތެރިން ވެސް މި މައްސަލަ އަކީ ސިއްހީ ގޮތުން ނުރައްކާތެރި ކަމެއްގެ ގޮތުގައި ދެކި، އެމީހުން އަވަހަށް ފަރުވާގެ ނިޒާމަށް ވެއްދުމަށް ބާރުއެޅުމަށެވެ. އަދި އެމީހުންގެ މި އަމަލުތައް ކުއްވެރިކުރުމުގެ ބަދަލުގައި، ފަރުވާގެ ނިޒާމުގެ ތެރެއިން ރަނގަޅުވުމަށް ހިއްވަރު ދިނުމަށް އެންޑީއޭން ވަނީ ބާރުއަޅާފައެވެ.

މަސްތުވާތަކެތި ބޭނުންކުރުމަކީ ޖިނާޢީ ކުށެއްގެ އިތުރުން ޞިއްހަތަށް ވެސް ނުހަނު ގެއްލުން ހުރި ކަމެއްކަން ފާހަގަކޮށް އެންޑީއޭއިން ބުނީ މިހާރުވެސް މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު ތަފާތު ބަލިތަކާ ހަނގުރާމަކުރަމުން ދާކަމަށެވެ. ޕާޓީ ޑްރަގް ނުވަތަ ޕާޓީ ޑްރަގްގެ މާއްދާތަކާއި ބަނގުރަލާއި، އެނޫންވެސް މަސްތުވާތަކެތި ރާއްޖޭގައި ފެތުރިފައިވަނީ ރައްކާތެރި އެއްޗެހީގެ ގޮތުގައި ނަމަވެސް މި ތަކެއްޗަކީ ފުރާނަ އަށް ނުރައްކާވާ ތަކެތި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި ޕާޓީ ކުރުމުގެ ނަމުގައި ފެތުރެމުންދާ މި ނުރައްކާތެރި މަސްތުވާތަކެއްޗާއި އެނޫންވެސް ޒާތްޒާތުގެ މަސުތުވާ މާއްދާތައް ބޭނުން ނުކުރުމަށް އެންޑީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

މި ވަބާގައި ޖެހިފައިވާ ފަރާތްތައް ކުއްވެރިކޮށް، އެމީހުންނަށް އާންމުން އަދަބުދީ ވިޑިއޯކޮށް މީސް މީޑިގައި ފަތުރަމުންދާތީ، އެކަމާމެދު އާންމުންގެ ކަންބޮޑުވުން، ހާއްސަކޮށް އާއިލާތަކުން ކަންބޮޑުވުންތައް އެންޑިއޭގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެ އޭޖެންސީން ބުނެއެވެ. އަދި މި މައްސަލައާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތާއި، އެންޑީއޭ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންދާކަން ވެސް އެ އޭޖެންސީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މާރޗް 25 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ 'އައުޓް ރީޗް' ޕްރޮގްރާމުން، ކަންބޮޑުވާ މިންވަރަށް މަސްތުވާތަކެތީގެ މައްސަަލަތަކާއި، އެއާއި ގުޅިގެން އުފެދޭ ކުށްތައް ފާހަގަކުރެވިފައިވާ ކަމަށް އެންޑީއޭން ބުނެއެވެ.އަދި، މި ވަބާގައި ދެ ޖިންސުގެ މީހުން ވެސް ޖެހެމުން އަންނައިރު، ކުޑަކުދިން މިކަމުގެ ޝިކާރައަށްވާ މިންވަރު އިތުރުވެފައިވާ ކަމަށް ވެސް އެ އޭޖެންސީން ވަނީ ފާހަގަކޮށްފައެވެ.

މިއާއެކު މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތިން ފެނިއްޖެނަމަ، އެ އެޖެންސީގެ އިމަޖެންސީ ނަމްބަރު 1410، ނުވަތަ ނޭޝަނަލް އިމަޖެންސީ ނަމްބަރު 911 އާއި ގުޅުއްވާ އެކަން ރިޕޯޓު ކުރެއްވުމަށް ވަނީ އެދިފައެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެއްޗާ އެކު ގުރައިދޫއިން މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ދުވަސް ކުރިންމަސްތުވުވާތަކެތީގެ ވަބާއަށް ނުހެއްލި، ފަރުވާގެ ނިޒާމަށް އަވަސްވުމަށް އެންޑީއޭ އިން ގޮވާލައިފިޚަބަރު | 3 މަސް ކުރިންދެ ކިލޯގެ ޑްރަގް މައްސަލައެއްގައި އަތުލައިގަތް މީހެއްގެ އަދަބު ކުޑަ ކޮށްފި ޚަބަރު | 7 މަސް ކުރިންރާއްޖެއަށް ޑްރަގް އެތެރެކުރި 3 މީހަކު ހައްޔަރުކޮށްފި ޚަބަރު | 8 މަސް ކުރިން