logo
MPL

MPL

ޚަބަރު

ގިނަ އަދަދެއްގެ ޑްރަގާއިއެކު ދެމީހަކު ހައްޔަރުކޮށް އެކަކުގެ ބަންދަށް 15 ދުވަސް ޖަހައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ޖެނުއަރީ 2026 - 14:11
ޑްރަގް މައްސަލާގައި ހައްޔަރުކޮށް ބަންދަން 15 ދުވަސް ޖެހި މީހާ، ފޮޓޯ: ޕޮލިސް
ޑްރަގް މައްސަލާގައި ހައްޔަރުކޮށް ބަންދަން 15 ދުވަސް ޖެހި މީހާ، ފޮޓޯ: ޕޮލިސް

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ހާމަކުރި ގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން މާލޭ މައްޗަންގޮޅީގެ ގެއެއް ބަލައި ފާސްކުރުމަށްފަހުގައެވެ. އެ ގެ ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މއ. ނިއުޔޯކްހައުސް، މުޙައްމަދު ޖިނާހް އިބްރާހީމް (26އ) ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ނަމަވެސް، މި މައްސަލައިގައި ދެން ހައްޔަރުކުރި މީހާ، ބައެއް ޝަރުތުތައް ކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލެ ސަރަހައްދުގައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން އަންނަނީ ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 9 މީހަކު ހައްޔަރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | ދުވަހެއް ކުރިންސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަން ރުފިޔާ ހޯދައިދީ، 17 މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންއިމާރާތްތަކުގައި ހުޅުޖަހައި ލޫޓުވަން ގޮވާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން