logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްތުވާތަކެއްޗާ އެކު ގުރައިދޫއިން މީހަކު ހައްޔަރުކޮށްފި

ނުހާ އަޙްމަދު
14 ޖުލައި 2025 - 14:16
މަސްތުވާތަކެއްޗާ އެކު ގުރައިދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކު ތ. ގުރައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫ / ރާގެ، އުމުރުން 28 އަހަރުގެ ރާއިދު މުހައްމަދު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ، އޭނާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެގޮތުން އޭނާ ހައްޔަރު ކުރީ، މި މަހުގެ 12 ވަނަ ދުވަހު ގުރައިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ރަށު ބަނދަރު ސަރަހައްދުން ރާއިދު މުހައްމަދު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނުގައި 14 ގުރާމު ހުރި ކަމަށެވެ.

 މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ގުރައިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަހުވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 11 ދުވަސް ކުރިންގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 20 ދުވަސް ކުރިންއަތުލައިގަތީ 2015 ވަނަ އަހަރުން ފެށިގެން ޑްރަގް ޓްރެފިކް ކުރަމުން ގެންދާ ބޮޑު ނެޓްވޯކެއްޚަބަރު | މަހެއް ކުރިންގިނަ އަދަދެއްގެ ޑްރަގާއިއެކު ދެމީހަކު ހައްޔަރުކޮށް އެކަކުގެ ބަންދަށް 15 ދުވަސްޚަބަރު | މަހެއް ކުރިން