logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ ކިލޯގެ ޑްރަގް މައްސަލައެއްގައި އަތުލައިގަތް މީހެއްގެ އަދަބު ކުޑަ ކޮށްފި

ސުދާ ލަތީފް
22 ޑިސެމްބަރު 2024 - 10:25
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް

ދެ ކިލޯގެ ޑްރަގާ އެކު އަތުލައިގަތް މީހެއްގެ 50 އަހަރުގެ ޖަލު އަދަބު 25 އަހަރުގެ ޖަލު އަދަބަކަށް ކުޑަވާ ގޮތަށް ދައުލަތުން އެއްބަސްވުމެއް ހެދުމުން އެގޮތަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ މެއި މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއަކުން 2.7 ކިލޯގެ ޑްރަގާއެކު އަތުލައިގެންފައި ވެއެވެ. އަތުލައިގެންފައި ވަނީ މުހައްމަދު ހަސަން ކިޔާ މާލެ އަށް ނިސްބަތްވާ ދިވެހި ފިރިހެނެކެވެ. އޭނާ ދިރިއުޅޭ ކޮޓަރިން 1.7 ކިލޯގެ ކެނަބިސް އާއި ކިލޯއަކަށް ވުރެ ގިނަ ޑައިމޯފިން އަދި 9،000 އަށް ވުރެ ގިނަ ރުފިޔާ ވެސް ފެނުނެވެ.އެ މައްސަލާގައި އެ މީހާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ވަނީ އުފުލައިފައެވެ. އަދަބަކީ 25 އަހަރަށް ޖަލަށްލުމާ އެކު 100،000ރ. ޖޫރިމަނާ ކުރުމެވެ. ނަމަވެސް ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދީ 25 އަހަރުގެ ޖަލު ހުކުމް 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމަކަށް އަދަބު ލުއިކޮށްދީ އަދި ޖޫރިމަނާގެ އަދަބު 50،000ރ. އަށް ކުޑަ ކުރުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އެއްބަސްވުމާ އެއްގޮތަށް އެ މީހާ ކޯޓުގައި ކުށަށް އެއްބަސްވުމުން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް ކޮންމެ ކުށެއްގައި 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމަކާއެކު 50،000ރ. ގެ ޖޫރިމަނާގެ އަދަބެއް އިއްވައިފަ އެވެ.

 މައްސަލާގައި ފުލުހުން އަތުލައިގަތް 9،000ރ. އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުނަގާ ދޫކޮށްލަން ވެސް ވެސް ދައުލަތުން ވަނީ އެއްބަސްވެފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރަގްގެ ބޮޑެއް ދޫކޮށްލި ކްރިމިނަލް ކޯޓުގެ ގާޒީ ސަސްޕެންޑްކޮށްފިޚަބަރު | 11 ދުވަސް ކުރިންކިހާދުއްފަރު އެއްބަސްވުން ބާތިލުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއްޚަބަރު | 15 ދުވަސް ކުރިންހަނިމާދޫގައި ޑްރަގް ވިއްކުމުގެ ބޮޑެއްކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފިޚަބަރު | 18 ދުވަސް ކުރިންސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | 18 ދުވަސް ކުރިން