logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ވަގަށް ބިދޭސީން އެތެރެކުރި ބިދޭސީ ބޮޑަކު މަނީ ލޯންޑަރިންގ އަދި ރިޝްވަތުގެ ކުށަށް އިއުތިރާފްވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ޑިސެމްބަރު 2025 - 10:50
ވަގަށް ބިދޭސީން އެތެރެކުރި ބިދޭސީ ބޮޑަކު މަނީ ލޯންޑަރިންގ އަދި ރިޝްވަތުގެ ކުށަށް އިއުތިރާފްވެއްޖެ

 

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހޮސައިން، ގަވާއިދާ ޚިލާފަށް ބިދޭސީން ރާއްޖެއަށް އެތެރެކުރުމުގެ އިތުރުން މަނީ ލޯންޑަރިންގ އަދި ރިޝްވަތު ދިނުމުގެ ކުށަށް އިއުތިރާފުވުމާ ގުޅިގެން، ކްރިމިނަލް ކޯޓުން އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހުކުމް އައީ އޭނާ ދައުލަތާ އެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކޯޓަށް ހުށަހެޅުނު މައްސަލައިގެ ތަފްސީލްތަކަށް ބަލާއިރު، ޝަހާދަތު ވަނީ 'އެމްޕްލޯއިމަންޓް އެޖެންސީ' ހިންގާ އުސޫލުން ގަވާއިދާ ޚިލާފަށް ބިދޭސީން ރެކްރޫޓްކޮށްފައިވާ ކަމަށް އެއްބަސްވެފައެވެ. އޭނާ މިކަން ކޮށްފައިވަނީ ސައްހަ ނޫން ލިޔުންތައް ބޭނުންކޮށްގެން ބިދޭސީންގެ ކޯޓާ ހަމަޖައްސައިގެންނެވެ.

ޝަހާދަތުގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ، ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ، އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަންކަން ހުއްދަ ނުނަގާ ކުރުމުގެ ދައުވާތަކެއް އުފުލާފައެވެ.

އޭނާ ވަނީ 2019 އިން 2024 އާ ދެމެދު 8.2 މިލިއަން ރުފިޔާ އޭނާގެ އަމިއްލަ ބޭންކް އެކައުންޓްތަކުގައި ދައުރުކޮށް މަނީ ލޯންޑަރކޮށްފައިވާކަން އެނގިފައެވެ.

އިއުތިރާފް އެއްބަސްވުމުގެ ދަށުން، ކްރިމިނަލް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށަށް ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް، އަދި ރިޝްވަތު ދިނުމުގެ ކުށަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ. މި ދެ ހުކުމް އެއްކޮށް ޖުމްލަ ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ.

ނަމަވެސް، ޖުމްލަ ތިން އަހަރުގެ ޖަލު ހުކުމުން، ހުކުމްކުރުމުގެ ކުރިން އޭނާ ބަންދުގައި ހޭދަކުރި 10 މަހާއި 17 ދުވަސް އުނިކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ. އެހެންކަމުން، ޝަހާދަތު މިހާރު ތަންފީޒުކުރަން ޖެހެނީ ދެ އަހަރާއި އެއް މަހާއި 12 ދުވަހުގެ ޖަލު މުއްދަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައީމާގެ މަރުގެ ތުހުމަތުވާ ހަސަން ފަވާޒް ބަންދުން ދޫކޮށްލައިފިޚަބަރު | 2 ދުވަސް ކުރިންވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 4 ދުވަސް ކުރިންކުޑަ ކުއްޖަކު މަރުވި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާ ދޫކޮށްލައިފިޚަބަރު | 20 ދުވަސް ކުރިންދުވާލު މަގުމަތީގައި ކެއި މީހާގެ ބަންދަށް އިތުރު ދުވަސް!ޚަބަރު | 20 ދުވަސް ކުރިން