logo
Bank of Maldives

Bank of Maldives

ޚަބަރު

ދުވާލު މަގުމަތީގައި ކެއި މީހާގެ ބަންދަށް އިތުރު ދުވަސް!

ޒިދާން މުޙައްމަދު
27 ފެބްރުއަރީ 2026 - 06:23
ކްރިމިނަލް ކޯޓުގެ ދޮރުމަތީގައި ދެ ފުލުހަކު މަޑުކޮށްލައިގެން
ކްރިމިނަލް ކޯޓުގެ ދޮރުމަތީގައި ދެ ފުލުހަކު މަޑުކޮށްލައިގެން

މިރަމަޟާންމަހު ދުވާލު މަގުމަތީގައި ކެއި މައްސަލާގައި ހައްަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ ރާއިފް އަލީ (26އ) އެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިމަހުގެ 19 ވަނަ ދުވަހު ދިން 7 ދުވަހުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިން ބަންދުގެ މުއްދަތު ހަމަވާނީ މާޗް 13 ވަނަ ދުވަހަށެވެ.

ކޯޓު އަމުރުގައި ބުނީ އޭނާއަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ތުހުމަތު ކުރެވޭ ފަރާތުން ތަހުގީގަށް ދީފައިވާ ބަޔާން ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޢާދަވެގެން ކެއިންބުއިމުގައި ބޭނުން ކުރާ ބާވަތުގެ އެއްޗެއް ޤަޞްދުގައި ކައިފިނަމަ، ނުވަތަ ބޮއިފިނަމަ، އެފަދަ މީހެއްގެ ރޯދަ ބާޠިލުވާނެއެވެ. މި ކަމުގެ މައްޗަށް އިބްނު ޙަޒްމާ އަދި އިބްނު ޤުދާމާ އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

ރޯދައަށް ހުރެ ޤަޞްދުގައި އެއްޗެއް ކައިފިނަމަ، ނުވަތަ ބޮއިފިނަމަ، އެފަދަ މީހެއްގެ މައްޗަށް ތަރުތީބުވާ ކަންކަން:

  • ޤަޟާ ކުރުން:

ރޯދައަށް ހުރެ، ޤަޞްދުގައި އެއްޗެއް ކައިގެން ނުވަތަ އެއްޗެއް ބޮއިގެން އެ މީހެއްގެ ރޯދަ ދޫކޮށްލައިފިނަމަ، އެ ރޯދަ ޤަޟާކުރުން އެފަދަ މީހެއްގެ މައްޗަށް ވާޖިބުވެގެން ވެއެވެ. މިއީ ދަންނަބޭކަލުންގެ ގިނަ ބޭކަލުންގެ ރައުޔެވެ. މަތީގައި ބުނެވުނު ފަދައިން ރޯދަ ދޫކޮށްލާ މީހެއްގެ މައްޗަށް ކައްފާރާ ވާޖިބު ނުވާނެއެވެ. މިއީ ޝާފިޢީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. މި ރައުޔު އިބްނުލްމުންޛިރާ އަދި އައްނަވަވިއްޔު ރާޖިޙު ކުރައްވައިފައި ވެއެވެ. އަދި މިއީ އިބްނު ޢުޘައިމީނުގެ އިޚްތިޔާރެވެ.

  • އެ ދުވަހުގެ ބާކީ އޮތް ވަގުތު ރޯދަ ގެއްލޭ ކަންކަމުން ދުރުހެލިވެގެން ހުރުން:

ރޯދައަށް ހުރެ، ޤަޞްދުގައި އެއްޗެއް ކައިގެން ނުވަތަ އެއްޗެއް ބޮއިގެން އެ މީހެއްގެ ރޯދަ ދޫކޮށްލައިފިނަމަ، އެ ދުވަހުގެ ބާކީ އޮތް ވަގުތު ރޯދަ ގެއްލެނިވި ކަންކަމުން ދުރުހެލިވުން އެފަދަ މީހެއްގެ މައްޗަށް ވާޖިބުވެގެން ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި މިއީ އިބްނު ޙަޒްމު އިޚްތިޔާރު ކުރެއްވި ރައުޔުވެސް މެއެވެ.

 

2. ހަނދާން ނެތި ކެއިންބުއިން

ރޯދައަށް ހުރެ، އެ މީހާ ހުރީ ރޯދައަށްކަން ހަނދާން ނެތި، ކައިބޮއިގެން އެ މީހެއްގެ ރޯދަ ނުގެއްލޭނެއެވެ. އަދި އެ ކަމުގެ ސަބަބުން އޭނާގެ މައްޗަށް ހަމައެކަނި އޮތީ އެ ދުވަހުގެ ރޯދަ ފުރިހަމަ ކުރުމެވެ. މިއީ ޖުމުހޫރު – ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.

 

3. ޤަޞްދަކާ ނުލައި ކަރުގެ ތެރެއަށް އެއްޗެއް ފޯރުން

ރޯދަވެރިޔާގެ ޤަޞްދަކާ ނުލައި އޭނާގެ އިޚްތިޔާރުން ބޭރުން – ހިރަފުސް ނުވަތަ [ދުން] ފަދަ އެއްޗެއް އޭނާގެ ކަރުގެ އެތެރެއަށް ދާ ދިއުމުގެ ސަބަބުން އޭނާގެ ރޯދަ – ޖުމުލަކޮށް ބުނާނަމަ – ނުގެއްލޭނެއެވެ.[2] މި ކަމުގެ މައްޗަށް އިބްނުލްމުންޛިރާއި އިބްނު ޙަޒްމާއި އިބްނު ޤުދާމާއާއި އައްނަވަވިއްޔު އަދި އަލްޚަރްޝިއްޔު އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

4. ރޯދަވެރިޔާ ކުޅު ދިރުވުން

ރޯދަވެރިޔާ ކުޅު ދިރުވައިގެން އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ.

 

5. ރޯދަވެރިޔާ ދެދަތުގެ ދެމެދުގައި ހަރުލައިފައިވާ އިޙުސާސް ނުކުރެވޭފަދަ ކާ އެއްޗެއް ދިރުން

އަނގައިގެ ތެރޭގައި ކުޅާއި އެކުވެގެން ދިރިގެން ދާނޭ ފަދަ އިހުސާސެއް ނުކުރެވޭހައި ކުޑަ ކާ އެތިކޮޅެއް ދެ ދަތެއްގެ ދެމެދުގައި ހަރުލައިފައިވަނިކޮށް، ދިރުވައިލައިގެން އޭނާގެ ރޯދަ ނުގެއްލޭނެއެވެ.

 

6. ރޯދަވެރިޔާ ދެދަތުގެ ދެމެދުގައި ހަރުލައިފައިވާ، އެތިކޮޅެއް އަނގައިން ބޭރު ކޮށްލެވިދާނޭފަދަ އެތިކޮޅެއް ދިރުވައިލުން

ރޯދަވެރިޔާގެ ދެ ދަތުގެ ދެމެދުގައި ހަރުލައިފައިވާ، އެތިކޮޅެއް އަނގައިން ބޭރުކޮށް އެއްލައިލެވިދާނޭފަދަ އެއްޗެއް ދިރުވައިލައިފިނަމަ ފަހެ އޭނާގެ ރޯދަ ގެއްލޭނެއެވެ. މިއީ ޝާފިޢީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި މާލިކިއްޔަ ބައެއް ދަންނަބޭކަލުންގެ ރައުޔުވެސް މެއެވެ.

 

7. އިންސާނުން ޢާންމުވެގެން ކައި ނޫޅޭ އެއްޗެއް ދިރުވާލުން

ޢާދަވެގެން ކައި ނޫޅޭފަދަ އެއްޗެއް؛ މިސާލަކަށް: ދިރުހަމެއް [ފައިސާ ފޮއްޗެއް] ނުވަތަ ކުޑަ ހިލަކޮޅެއް ނުވަތަ ފަތްކޮޅެއް ނުވަތަ ދަގަނޑުކޮޅެއް ނުވަތަ އެހެންވެސް އެފަދަ އެއްޗެއް ރޯދަވެރިޔާ ދިރުވާލައިފިނަމަ، ރޯދަ ގެއްލުނީއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި މިއީ ސަލަފުންގެ އަދި އޭގެ ފަހުން ދުނިޔެ ދުށް ޖުމުހޫރު ދަންނަބޭކަލުންގެ ރައުޔެވެ.

 

8. ރޯދަވެރިޔާ ސިނގިރޭޓު ބުއިމުގެ ޙުކުމް

ރޯދައަށް ހުރެ ސިނގިރޭޓު ބުއިމަކީ ރޯދަ ފާސިދު ވާނޭ ކަމެކެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 

9. އިރު އޮއްސިއްޖެކަމަށް ހީވުމުން ރޯދަ ވީއްލި މީހާ ކަންކުރާނޭ މަގު

އިރު އިއްސިއްޖެކަމަށް ހީވެ، ވާޖިބު ރޯދައެއް އަދާކުރަމުން ދިޔަ ރޯދަވެރިޔާ، ރޯދަ ވީއްލި ފަހުން އޭނާ ރޯދަ ވީއްލީ އިރު އޮއްސުމުގެ ކުރިއަށްކަން ބަޔާން ވެއްޖެނަމަ، އިރު އޮއްސިއްޖައުމަށް ދާންދެން ރޯދަ ގެއްލިދާނޭ ކަންކަމުން އޭނާ ދުރުހެލިވާން ޖެހޭނެއެވެ.

 

10. އިރު އޮއްސިއްޖެކަމަށް ހީވެ ރޯދަ ވީއްލި މީހާ ރޯދަ ޤަޟާކުރުން

އިރު އޮއްސިއްޖެކަމަށް ހީވެ، ރޯދަ ވީއްލި މީހާގެ މައްޗަށް އެ ރޯދަ ޤަޟާ ކުރުން ވާޖިބުވުމާ މެދު ދަންނަބޭކަލުން ދެ ރައުޔެއްގެ މައްޗަށް ޚިލާފު ވެފައި ވެއެވެ:

ފުރަތަމަ ރައުޔު: އޭނާ ރޯދަ ޤަޟާކުރުން ވާޖިބުވެގެން ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

ދެވަނަ ރައުޔު: އޭނާގެ މައްޗަށް ރޯދަ ޤަޟާކުރުމެއް ނުވެއެވެ. މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔެވެ. އަދި މިއީ އިބްނު ތައިމިއްޔާއާއި އިބްނުލްޤައްޔިމާއި އިބްނު ޢުޘައިމީނުގެ އިޚްތިޔާރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަ ކުއްޖަކު މަރުވި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާ ދޫކޮށްލައިފިޚަބަރު | 2 ގަޑިއިރު ކުރިންދުވާލު މަގުމަތީގައި ކެއި މީހާގެ ބަންދަށް އިތުރު ދުވަސް!ޚަބަރު | 2 ގަޑިއިރު ކުރިންހިތަދޫ މީހަކު ހެންވޭރުގައި ކެނެބިސް ޓްރެފިކް ކުރިކަން ސާބިތުވެ އުމުރަށް ޖަލަށް! ޚަބަރު | މަހެއް ކުރިންވަގަށް އަނބު ބިން މީހަކު ހަތަރު މަހަށް ޖަލަށް!ޚަބަރު | މަހެއް ކުރިން