logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

ނައީމާގެ މަރުގެ ތުހުމަތުވާ ހަސަން ފަވާޒް ބަންދުން ދޫކޮށްލައިފި

ޒިދާން މުޙައްމަދު
17 މާރިޗު 2026 - 11:25
ނައީމާގެ މަރުގެ ތުހުމަތުވާ ހަސަން ފަވާޒް ބަންދުން ދޫކޮށްލައިފި

ނ. މަނަދޫގައި ނައީމާ މޫސާ މަރާލި މައްސަލައިގައި ދައުވާ ލިބޭ ނ. މަނަދޫ، ވިނަރެސް، ހަސަން ފަވާޒް ޝަރުތުކޮށް ބަންދުން ދޫކޮށްލައިފިއެވެ.

ނ. މަނަދޫ އަންނާރުމާގޭގައި އެޕްރީލް 6، 2023 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނައީމާ މޫސާ މަރާލި މައްސަލާގައި ހަސަން ފަވާޒްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ނޮވެންބަރު 30، 2023 ގައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މި މައްސަލައިގެ ތަހުގީގު މަރުޙަލާއިން ފެށިގެން ޙަސަން ފަވާޒް ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ހަސަން ފަވާޒުގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިމަހުގެ 9 ވަނަ ދުވަހު އެ އޮފީހުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.

އެ ގޮތުން ހަސަން ފަވާޒްގެ ބަލި ހާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަ އާއި ބަލީގެ ހައްސާސް ކަމަށް ރިއާޔަތްކޮށް އޭނާއަށް ގާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ޝަރުތުތަކާއެކު އޭނާ ބަންދަށް ލުއި ދިނުމަށް ކްރިމިނަލް ކޯޓުގައި އެދުނު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަސަން ފަވާޒަށް ކުރި ޝަރުތުތައް

  • ބަންދުން ދޫކޮށްލާފައި ހުންނައިރު ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން.
  • ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުން.
  • ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން.
  • ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ޙާލަތް ފިޔަވައި އެނޫން ހުރިހާ ޙާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން.
  • މާލެއިން ބޭރަށް ނުދިއުން.
  • މައްސަލާގައި ހެކިބަސްދޭނެކަމަށް ޤަބޫލުކުރެވޭ އެއްވެސް މީހަކާ މުޢާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުން.
  • ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓާ ހިއްޞާކުރަމުންދިއުން.

އެ ޝަރުތުތަކަށް ޙަސަން ފަވާޒް އެއްބަސްވެފައިވާތީ އާއި އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ޕީޖީ އޮފީހުން އެދުނު ގޮތަށް އޭނާ ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމާފައެވެ.

ޕީޖީ އޮފީހުން ބުނީ ޙަސަން ފަވާޒްގެ މައްޗަށް ކޯޓުން ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ހިދުމަތުން ކަށަވަރުކުރަމުން ގެންދާނެ ކަމަށެވެ. އަދި ހަސަން ފަވާޒްގެ މައްޗަށް ކޮށްފައިވާ ޝަރުތަކާ ހިލާފުވެއްޖެނަމަ އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައީމާގެ މަރުގެ ތުހުމަތުވާ ހަސަން ފަވާޒް ބަންދުން ދޫކޮށްލައިފިޚަބަރު | 2 ގަޑިއިރު ކުރިންވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 2 ދުވަސް ކުރިންކުޑަ ކުއްޖަކު މަރުވި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާ ދޫކޮށްލައިފިޚަބަރު | 18 ދުވަސް ކުރިންދުވާލު މަގުމަތީގައި ކެއި މީހާގެ ބަންދަށް އިތުރު ދުވަސް!ޚަބަރު | 18 ދުވަސް ކުރިން