logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

16 ދައުވާއެއް ކުރިން ސާބިތުވި ޝިފާޢުގެ މައްޗަށް މަނީ ލޯންޑްރިންގެ 7 ދައުވާ ވެސް ސާބިތުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ޑިސެމްބަރު 2025 - 11:10
16 ދައުވާއެއް ކުރިން ސާބިތުވި ޝިފާޢުގެ މައްޗަށް މަނީ ލޯންޑްރިންގެ 7 ދައުވާ ވެސް ސާބިތުވެއްޖެ

ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ބޭރުގެ ކުންފުނިތަކެއްގެ އަތުން މުދާ ހޯދި މައްސަލާގައި ޙުސައިން ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ މިއަދު ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެއެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ ކުރިން ސާބިތުވެފައިވާއިރު، މިއާއެކު ޝިފާއުގެ މައްޗަށް ޖުމްލަ 23 ދައުވާ ސާބިތުވީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގައި ޝިފާއުގެ މައްޗަށް ސާބިތުވީ 16 މަކަރާއި ހީލަތުގެ ދައުވާއާއި، 7 މަނީ ލޯންޑްރިންގެ ދައުވާއެވެ.

މި ދައުވާތަކަކީ ބޭރުގެ ކުންފުނިތަކަށް ފައިސާ ދެއްކިކަމަށް ދައްކުވައިގެން، ސައްޙަ ނޫން ޓީޓީތައް ހަދައިގެން މުދާ ހޯދުމުގެ ޢަމަލުތަކާ ގުޅިގެން ދައުލަތުން އުފުލި ދައުވާތަކެކެވެ. މި ދައުވާތަކަށް އެކަށީގެންވާ އަދަބެއް ކަނޑައެޅުމަށް ދައުލަތުން ވަނީ އެދިފައެވެ. ދައުލަތުން އެދުނީ ކޮންމެ ދައުވާއަކަށް 10 އަހަރުގެ ޖަލު ހުކުމަކާއި 100،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅުމަށެވެ.

މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ، ޝިފާއު ލޯންޑާކުރި ކަމަށް ދައުލަތުން ބުނާ 123،000 ޑޮލަރު ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށް ނިންމަވާފައެވެ. ގާޒީ ވިދާޅުވީ، އެ ފައިސާ ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ސާބިތުކޮށް ނުދެވުމުގެ ސަބަބުން އެ ފައިސާ ދައުލަތަށް ނެގުމަށް އަމުރު ނުކުރެވޭނެ ކަމަށެވެ.

ޝިފާއު މީގެ ކުރިން ސިޔާސީ މަގާމަކަށް އައްޔަންކުރި ނަމަވެސް، މި މައްސަލަ ފެންމަތިވުމާ ގުޅިގެން އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އަދަބު ލުއިކުރުމަށް ދައުލަތާއެކު ހެދި އިޢުތިރާފުގެ އެއްބަސްވުން ވެސް ކޯޓުން ބަލައިގެންފައެއް ނުވެއެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވީ، ހުރިހާ ދައުވާތަކުގެ އަދަބު ކަނޑައެޅުމުގެ މަރުހަލާ އަންނަ ބުރާސްފަތި ދުވަހު ބާއްވައި، އެ ދުވަހު އެއްކޮށް ނިންމާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައީމާގެ މަރުގެ ތުހުމަތުވާ ހަސަން ފަވާޒް ބަންދުން ދޫކޮށްލައިފިޚަބަރު | ދުވަހެއް ކުރިންވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 4 ދުވަސް ކުރިންރާއްޖެ އަށް ޑްރަގް އެތެރެކުރި ބިދޭސީއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއްޚަބަރު | 4 ދުވަސް ކުރިންކުޑަ ކުއްޖަކު މަރުވި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާ ދޫކޮށްލައިފިޚަބަރު | 20 ދުވަސް ކުރިން