logo
ޚަބަރު

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބޭސްފަރުވާގެ އެހީއަށް އެދޭ ޚިދުމަތް 'ވަންގަވް' އަށް!

އާމިނަތު ޝަފާ
4 ނޮވެމްބަރު 2024 - 05:39
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބޭސްފަރުވާގެ އެހީއަށް އެދޭ ޚިދުމަތް 'ވަންގަވް' އަށް!

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ދެމުންދާ 'ފުދުންތެރިކަން ނެތް ފަރާތްތަކަށް ދެވޭ ބޭސްފަރުވާގެ އެހީ" ޚިދުމަތަށް 'ވަންގަވް' މެދުވެރިކޮށް އެދިލެއްވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

'ވަންގަވް' އަކީ ދިވެހި ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް އަވަސްކަމާއި ފަސޭހަކަމާއެކު އެއް ތަނަކުން ގެނެސްދިނުމަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމްއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބޭނެ ގޮތް ތަޢާރަފްކުރުމަށް މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޚިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ޚިދުމަތަކަށް ވެގެންދާނެކަމަށާއި މި ޚިދުމަތް ތަޢާރަފްކުރުމަށް ޒަކާތު ހައުސްގެ މުވައްޒަފުންނާއި ޓްރޭޑްނެޓްގެ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކުރައްވާކަމަށާއި އެކަމަށްޓަކައި އެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާކަަމަށެވެ. އަދި މިފަދަ ހުރިހާ ކަމަކަށް ވުޒާރާގެ ފުރިހަމަ އެއްބާރުލެއްވުން ލިބިލައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޒަކާތު ހައުސް އެޅުމަށް މިހާރުވަނީ ބިމެއް ހަމަޖެހިފައި. އަމާޒަކީ 2025 ވަނަ އަހަރު އިމާރާތް އެޅުމުގެ މަސައްކަތް ފެށުން. މިއީ އެންމެ ބޮޑު މުއައްސަސާއަށް ހެދުމަށް މަސައްކަތްކުރާނަން. ޒަކާތު ހައުސް ވާނީ މުހިންމު ގައުމީ އިދާރާއަކަށް."

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބޭސްފަރުވާގެ ޙިދުމަތް ވަންގަވްއަށް ގެނެސްފައިވަނީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތެއް އެދިލެއްވޭނެ އިންތިޒާމް ހަމަޖެއްސެވުމަށެވެ. މި ޚިދުމަތް ތަޢާރަފްކުރުމާއެކު މިއަދުން ފެށިގެން ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ޒަކާތުގެ ބޭސްފަރުވާގެ އެހީއަށް އެދި ހުށައަޅާ ފޯމުތައް ބަލައިނުގަންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ޖަލްސާއެއް ބާއްވަނީ ޚަބަރު | 10 މަސް ކުރިންދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބޭސްފަރުވާގެ އެހީއަށް އެދޭ ޚިދުމަތް 'ވަންގަވް' އަށް!ޚަބަރު | 10 މަސް ކުރިން