logo
ކުޅިވަރު

ކަވަރަޓްސްކޭލިޔާ ނަޕޮލީ ދޫކޮށްލަނީ.

އަބްދުﷲ ޣާނިމް
4 ނޮވެމްބަރު 2024 - 14:43
ނަޕޮލީގެ ސްޓަރ ޕްލޭޔަރ ކަވަރަޓްސްކޭލިޔާ. ފޮޓޯ: ގެޓީ އިމޭޖެސް
ނަޕޮލީގެ ސްޓަރ ޕްލޭޔަރ ކަވަރަޓްސްކޭލިޔާ. ފޮޓޯ: ގެޓީ އިމޭޖެސް

ނަޕޮލީގެ ސްޓާރ ކުޅުންތެރިޔާ ކްވިޗާ ކަވަރަޓްސްކެލިއާގެ މުސްތަޤްބަލާ މެދު ސުވާލު އުފެދެމުންދާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ. ޖޯޖިއާގެ ފޯވަޑްގެ އަދި ނަޕޮލީގެ ސްޓަރ ކުޅުންތެރިޔާގެ އައު ކޮންޓްރެކްޓުގައި އޭނާ ބޭނުންވާ މުސާރައިގެ ޑިމާންޑްތަކާއި ކްލަބުން ހުށަހަޅާ ހުށަހެޅުންތަކާމެދު ބޮޑު ފަރަގެއް އޮތުމާއެކު، އޭނާގެ ކޮންޓްރެކްޓް އައުކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ބެލެވެއެވެ.

ނާޕޮލީގެ ސްޕޯޓިންގ ޑިރެކްޓަރ މައުރީޒިއޯ މަންނާ އާއި ކުޅުންތެރިޔާގެ އޭޖެންޓުންނާ ދެމެދު ފަހުން ބޭއްވުނު ބައްދަލުވުމެއްގައި ކޮންޓްރެކްޓުގެ މާލީ ކަންކަމުގައި އެއްބަސްވުމަކަށް ނާދެވުނު ކަމަށް މަޢުލޫމާތު ލިބެއެވެ. ނަޕޮލީގެ ފަރާތުން ކަވަރަޓްސްކެލިއާގެ ކޮންޓްރެކްޓް އައުކުރަން މަސައްކަތްކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް ހުށަހަޅާފައިވާ އޮފަރ އޭނާގެ އުންމީދުތަކާ ނުބައްދަލުވާ ކަމަށް ވެއެވެ.

ކްވަރަޓްސްކެލިއާގެ އޭޖެންޓުންގެ ޑިމާންޑްތަކުން އޭނާ ނަޕޮލީގައި އިތުރަށް މަޑުނުކޮށްފާނެތީ ކުލަބުން ކަންބޮޑުވާކަން ވަނީ ހާމަކޮށްފައެވެ. 2022 ވަނަ އަހަރުގައި 12 މިލިޔަން ޔޫރޯގެ ފީއަކަށް ނަޕޮލީއާ ގުޅުނު ކަވަރަޓްސްކޭލިޔާ އަންނަނީ ކުލަބު ޖޯޒީގައި މޮޅުކުލުމެއް ކުޅެމުންނެވެ. އެހެންކަމުން ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން ކަވަރަޓްސްކެލިއާއަށް އަންނަނީ ފާރަލަމުންނެވެ.

ނިމިދިޔަ ޓްރާންސްފަރ މާކެޓްގައިވެސް ނަޕޮލީގެ އެންމެ މޮޅުކުޅުންތެރިޔާ އޮސިމެން ކޮންޓްރެކްޓުގެ މައްސަލަތަކާއިހެދި ވަނީ ކްލަބް ދޫކޮށް ލޯނުގެ ދަށުން ތުރުކިޔޭގެ ގަލަޓަސަރާއީ އަށް ބަދަލުވެފައެވެ. އެހެންކަމުން މިފަދަ ހާލަތެއް ކަވަރަޓްސްކޭލިޔާގެ ކޮންޓްރެކްޓް އައު ކުރުމުގައި ކުރިމަތިވެދާނެކަމަށް މިހާރުވަނީ ބެލެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުގެ ހަގީގީ މަގާމަށް ވާސިލްވުމަށް ކުރާ ދަތުރުގެ ޕާޓްނަރަކަށް މެންދުރުޓީވީކުޅިވަރު | 7 ދުވަސް ކުރިންހާލަންޑް އާއި ވާދަކުރަން ގެނައި ހޯލަންޑް ޔުނައިޓެޑް ދޫކޮށްލައި ނަޕޮލީއަށްކުޅިވަރު | 8 ދުވަސް ކުރިންއެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިކުޅިވަރު | 17 ދުވަސް ކުރިންމަލާމާތާއި ފުރައްސާރައާއި ހެދި ލެޖެންޑް ޓޮޓީގެ ދަރިފުޅު ރިޓަޔަރ ކޮށްފިކުޅިވަރު | މަހެއް ކުރިން