logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހާލަންޑް އާއި ވާދަކުރަން ގެނައި ހޯލަންޑް ޔުނައިޓެޑް ދޫކޮށްލައި ނަޕޮލީއަށް

އަބްދުﷲ ޣާނިމް
27 އޯގަސްޓު 2025 - 05:23
ހާލަންޑް އާއި ވާދަކުރަން ގެނައި ހޯލަންޑް ޔުނައިޓެޑް ދޫކޮށްލައި ނަޕޮލީއަށް

މެންޗެސްޓަރ ޔުނައިޓެޑްއިން 2023 ވަނަ އަހަރު އާލިންގ ހާލަންޑްއާ ވާދަކުރުމަށް ގެނައި ޑެނިޝް ސްޓްރައިކަރު ރަސްމުސް ހޯލަންޑް، އިޓަލީގެ ސީރީ އޭ ކުލަބު ނާޕޯލީއަށް ބަދަލުވުމުގެ މަގުމަތީގައިވާ ކަމަށް ރިޕޯޓުތަކުން ބުނަންފަށައިފިއެވެ.

އުމުރުން 20 އަހަރުގައި 64 މިލިއަން ޕައުންޑަށް ޔުނައިޓެޑްއާ ގުޅުނު ހޯލަންޑްއަކީ، މެންޗެސްޓަރ ސިޓީގެ ހާލަންޑްއާ ވާދަކުރެވޭނެ ކުޅުންތެރިއެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ފާއިތުވެދިޔަ ސީޒަންތަކުގައި ދައްކާފައިވާ ކުޅުމާއެކު މިހާރު އޭނާގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބެލެވެއެވެ. މި ސީޒަންގައި ޕްރިމިއަރ ލީގުގެ އެއްވެސް މެޗެއްގައި އޭނާއަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަޕޯލީއިން ފުރަތަމަ ހުށަހެޅީ ހޯލަންޑް ލޯނު އުސޫލުން ގެންދިއުމަށް ނަމަވެސް، ޔުނައިޓެޑްއިން ބޭނުންވަނީ ގަތުމުގެ އިލްތިޒާމާއެކު ލޯނަކަށް ހޯލަންޑް ދޫކުރުމަށެވެ. މާލީ ގެއްލުމަކުން ސަލާމަތްވުމަށް ޔުނައިޓެޑްއިން ބޭނުންވަނީ މަދުވެގެން 38.4 މިލިއަން ޕައުންޑް ލިބުމަށެވެ.

ލުކާކޫ އަށް އަނިޔާވެ ހަތަރު މަސްދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަން ޔަޤީންވުމާއެކު، ނަޕޯލީއިން ހޯލަންޑް ހޯދުމަށް މަސައްކަތް ފަށާފައިވާއިރު، އޭސީ މިލާން ވެސް އޭނާ ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ. އިންޓަރ މިލާންގެ ކޯޗުކަން ކުރި އެންޓޯނިއޯ ކޮންޓޭ ވެސް ޑެނިޝް ސްޓްރައިކަރު އޭނާގެ ސްކޮޑަށް ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

ޔުނައިޓެޑްއިން ހޯލަންޑް ދޫކޮށްލަން ނިންމީ އާރްބީ ލައިޕްޒިގްގެ ބެންޖަމިން ޝެޝްކޯ 73.62 މިލިއަން ޕައުންޑަށް ގެނައުމަށްފަހުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަހަރެން ދޫކޮށްލާ؛ ބާސާއަށް އަށް ދިޔުމަށް އަލްވަރޭޒް ރޮއި އާދޭސްކުރަނީކުޅިވަރު | 2 ދުވަސް ކުރިންއިމާމަކަށް ބަދަލުވެ ޤްރުއާން ހިތުދަސްކުރަން މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިޔާ ވޯލްޑްކަޕަށްފަހު ރިޓަޔާކުރަނީ؟ކުޅިވަރު | 3 ދުވަސް ކުރިންބޭނުން ކެނޑުމާއެކު ޔުނައިޓެޑުން ގެނައި ކުނިކޮތަޅު އަނބުރާ ފޮނުވާލަން ނިންމައިފިކުޅިވަރު | 15 ދުވަސް ކުރިންބާ ދަގަނޑަށް ކިރާލުމަށްފަހު ޔުނައިޓެޑުން 7 ކުޅުންތެރިޔަކު ދޫކޮށްލައިފިކުޅިވަރު | 15 ދުވަސް ކުރިން