logo
ޚަބަރު

ގަލޮޅުގައި އަންހެނަކު ރަހީނުކޮށްގެން އުޅުނު މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޔަނާ އަލީ
29 އޯގަސްޓު 2024 - 16:53
ގަލޮޅުގައި އަންހެނަކު ރަހީނުކޮށްގެން  އުޅުނު މީހަކު ހައްޔަރުކޮށްފި

ގަލޮޅުގައި އަންހެނަކު ރަހީނުކޮށްގެން ގެންގުޅުނު ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންނަށް ފިލަން ދުވި މީހަކު މާފަންނު ކުޅިދޮށު ގޯޅިން އަންހެނަކު ރަހީނުކޮށް، އެއަންހެންމީހާގެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް ބިރުދައްކައި ސައިކަލަކަށް ލައިގެން ދަނިކޮށް ބިހުުރޯޒް މިސްކިތް ކަިއިރިން އެމީހާ ހުއްޓުވާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސޯޝަލް މީޑިއާގައި މިހާރު ޢާއްމުވެފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި މި މައްސަލާގައި ތުހުމަތުވާ ފިރިހެން މީހާ ވަނީ މޫނު ނިވާކޮށްގެން ހުރި އަންހެނެއްގެ ކަރުގައި ވަޅިއެއްޖަސައިގެން ފުލުހުންނަށް ބިރުދައްކަން މަސައްކަތްކޮށްފައެވެ.

މިހާދިސާގެ ވީޑިއޯ މިހާޜު އާންމުވަމުން އަންނަ އިރު، މިކަން ހިނގައިދިޔައީ ކިހިނެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ ޚަބަރު | 8 މަސް ކުރިންމިއަދު މުޒާހަރާކުރި ބިދޭސީންގެ މައްސަލަ އެލްއާރުއޭ އިން ބަލަނީ ޚަބަރު | 9 މަސް ކުރިންސިހުރުގެ މައްސަލައެއްގައި ފުލުހުން ހއ.ކެލައިން ފަސް މީހުން ހައްޔަރު ކޮށްފިޚަބަރު | 9 މަސް ކުރިންއެމެޖެންސީ ހެލްޕްލައިން "911" ތައާރަފްކޮށްފިޚަބަރު | 10 މަސް ކުރިން