logo
Bank of Maldives

Bank of Maldives

ޚަބަރު

މިހާރުން މިހާރަށް 250 މުދައްރިސުން ބޭނުންވޭ: މިނިސްޓަރ ޝަފީއު

އާމިނަތު ޝަފާ
7 ނޮވެމްބަރު 2024 - 04:11
މިހާރުން މިހާރަށް 250 މުދައްރިސުން ބޭނުންވޭ: މިނިސްޓަރ ޝަފީއު

ޕްރައިމަރީ ގްރޭޑަށް ބަލާނަމަ 250 ޓީޗަރުން މިހާރުން މިހާރަށް ބޭނުންވާކަމަށް ތައުލީމީ ވަޒީރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރުވަނީ ވަރަށް ގިނަ މާއްދާތަކުން ޓީޗަރުން ލިބުން ދަތިވެފައިކަން ފާހަގަކުރައްވާފައެވެ.

މިހާރު ޓީޗަރުން ލިބުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވަނީ އިނގިރޭސި ހިސާބު ފަދަ މާއްދާތަކަށް ކަމަށާއި ބިޒްނަަސް ސްޓްރީމްގެ މާއްދާތަކަށްވުރެ ސައިންސް ސްޓްރީމްގެ މާއްދާތަކަށް ޓީޗަރުން ހޯދުމުގައި ދަތިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ ރަށުގައި ތިބެގެން ކިޔެވޭނެ މަގު ފަހިކުރުން. މިއަހަރު 140 ހާ ގާތްކުރާ އަދަދަކަށް ދަރިވަރުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާއިރު އަންނަ އަހަރު އަޅުގަނޑުމެންގެ އަމާޒަކީ 150 ވަރަކަށް ދަރިވަރުން މި ޕްރޮގްރާމްގައި ބައިވެރިކުރުން.

ވަޒީރު ވިދާޅުވީ މުދައްރިސުންގެ އަގު ވަޒަން ކުރެއްވުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ ކަމެއްކަމަށާއި މުދައްރިސުންނަކީ އަބުރުވެރި ގަދަރުވެރި ބަޔަކަށް ހެއްދެވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސުކޫލުތަކުގައި މުދައްރިސުންނަށް ފަހި މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިގޮތުން ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުކުރު ދުވަހަކީ މަސައްކަތް ނުކުރާ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާނެކަމަށާއި މުދައްރިސުންނަށް ހައްގު ގަދަރުދީ އަގުވަޒަން ކުރެވޭނީ މުޖުތަމައުގެ އެންމެގެ ބައިވެރިވުމާއެކުކަން ވަޒީރު ފާހަގަކުރެއްްވިއެވެ.

މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދާނީ މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިފުތިތާހުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޑިޖިޓަލް ފޯ އޯލް" ކެމްޕޭނަކީ ކުރިއަރާފައިވާ ގައުމުތަކާ ހަމާގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް’’ޚަބަރު | 7 ގަޑިއިރު ކުރިންމިހާރުން މިހާރަށް 250 މުދައްރިސުން ބޭނުންވޭ: މިނިސްޓަރ ޝަފީއުޚަބަރު | 2 އަހަރު ކުރިން