ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާޙު ކޮށްފި

ފިއުލް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫ އިފްތިތާހުކުރުން. - ފޮޓޯ ރައީސް އޮފީސް
.jpg&w=3840&q=75)
07 ނޮވެމްބަރު 2024 - 06:40
ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫ މިއަދު އިފްތިތާހުކޮށްފި. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒެވެ. ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސް.ޓީ.އޯ ރޭޓުން އާޢްމު ރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ
މި މަޝްރޫޢުގެ ދަށުން 19 ރަށެއްގައި މި އިންތިޒާމުތައް ހަމަޖައްސައި 2026 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ކުރިން މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވިއެވެ. މި މަސައްކަތް ކުރިޔަށް ގެންދަވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ހުޅުމާލޭގައެވެ. އެ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ޤާއިމްކޮށްފައިވަނީ ސްޓޯރޭޖް ސެޓަޕެކެވެ. ދެވަނަ ފިޔަވަހީގެ ދަށުން އަންނަ އަހަރުގެ ފެބްރުއަރީ މަހު ތިން ރަށެއްގައި މި ސްޓޯރޭޖް ގާއިމުކުރާނެ އެވެ. އަދި އަންނަ އޮކްޓޯބަރު މަހު ފަސް ރަށެއްގައި މި މަސައްކަތް ކުރާނެއެވެ. މަސްވެރިކަން ތަރައްޤީވަމުންއަންނަ މިންވަރަށް ބަލައި އިތުރު ރަށްރަށުގައިވެސް މި އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް ޝިމާދު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އަމާޒަކީ، ތި ފެނިވަޑައިގަންނަވާ ޕްލޭނާއެއްގޮތަށް، ޖެނުއަރީ 2026ގެ ކުރިން، މިހާރު ކަންޑައެޅިފަވާ ރަށްތަކުގަ ސެޓަޕް ގާއިމްކޮށް، ، މަސްވެރިން އަދި އާންމު ރައްޔިތުންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުން އަދި މަސްވެރިކަމުގެ ސިނާޔަތު ތަރައްގީވަމުންދާ މިންވަރަކުން އިތުރު ލޮކޭޝަންތަށް މިޔަށް އެޑް ކުރުން
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވީ، މި ފެއްޓެވީ އަގުބޮޑުކޮށް މަސްވެރިން ތެޔޮ ގަންނަންޖެހޭ ޖެހުމަށް، ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތްކަމަށެވެ.
އަގުބޮޑުކޮށް މަސްވެރިން ތެޔޮ ގަންނަންޖެހޭ ޖެހުމަށް، ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް މިފެށީ، މީގެ ކޮންމެ ތަނަކީ ގާތްގަނޑަކަށް 8 ނޫނީ 9 މިލިޔަން ރުފިޔާގެ އިންވެސްޓުމަންޓެއް، އަދި ޑިމާންޑު އޮތް މިންވަރަކުން ތަންތަން އިތުރުކުރާނެ
މަސްވެރި ސިނާޢަތުގައި މިހާތަނަށް އޮތް ވަގުތީ ޙައްލު ހޯދުމުގެ ޘަޤާފަތް ނައްތާލައި، ދާއިމީ ޙައްލު ހޯދައިދިނުމުގެ ތަޞައްވުރެއް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ބިލިއަނެއްހާ ރުފިޔާގެ މަންފާއެއް ލޭނު މަސްވެރިކަމުން ރާއްޖެއަށް ލިބޭނެ: މިނިސްޓަރ ޝިޔާމް
8 މަސް ކުރިން
ދެމެހެއްޓެނިވި މަސްވެރިކަން ކުރާއިރު، އީޔޫ އިން ބޮޑު ޑިއުޓީ ނަގަނީ ކީއްވެ؟ - ވަޒީރު
8 މަސް ކުރިން
ބަންކަރިންގެ ޚިދުމަތްދޭން ބޭނުންކުރާ ފުރަތަމަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި
7 މަސް ކުރިން