logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންކަރިންގެ ޚިދުމަތް ފެށުމަށް 20 މިލިއަން ޑޮލަރު ސަރުކާރުން ޚަރަދުކުރި: ވަޒީރު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
19 ސެޕްޓެމްބަރު 2024 - 15:40
އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު -- ފޮޓޯ/ އިގްތިސާދީ ވުޒާރާ
އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު -- ފޮޓޯ/ އިގްތިސާދީ ވުޒާރާ

މިއަދު ރާއްޖޭގައި ރަސްމީކޮށް ފެށި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 20 މިލިއަން ޑޮލަރު ޚަރަދުކުރި ކަމުގައި އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަދު ފެށި ބަންކަރިންގެ ޚިދުމަތް ފަށައިގަތުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ވަކި ގައުމަކާ ވާދަކުރާކަށެއް ނޫން ކަމަށާއި، އެހެން ނަމަވެސް އެ ޚިދުމަތް ފުޅާކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތް ފުޅާ ކުރުމަށް އެ މަސައްކަތް ކުރާ އެސްޓީއޯއަށް ފުރުސަތު އޮންނާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، އެ ޚިދުމަތް ފެށުމުގެ ހިތްވަރު ކުރީ ސަރުކާރުގައި ނެތް ނަމަވެސް، މި ސަރުކާރުގައި އެ ހިތްވަރު ހުންނާނެ ކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެކަމަށް 15 - 20 މިލިއަން ޑޮަލަރު ޚަރަދުކޮށް، އެންމެ ހަ މަސް ދުވަހުގެ ތެރޭގައި އެކަން ކުރުމަކީ އޭގެ ހެއްކެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން، އެސްޓީއޯ އާ އެ މަސައްކަތްތައް ގުޅިގެން ކުރާ ވިޓޯލް އިން، ރާއްޖޭގައި އިތުރު އިންވެސްޓްމެންޓްތަކެއް ކުރުމަށް ތައްޔާރަށް ތިބި ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.

"އެހާ އަވަހަށް ރާއްޖޭގައި އެ (ބަންކަރިންގެ) ވިޔަފާރި ފެށުމުން އެބޭފުޅުން (ވިޓޯލް) ވަނީ ރާއްޖޭގައި އިތުރު އިންވެސްޓްމެންޓްތައް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާފައި،" ވަޒީރު ސައީދު ވިދާޅުވިއެވެ.

undefined

ބަންކަރިންގެ ޚިދުމަތް

ވަޒީރު ވިދާޅުވީ، ސަރުކާރުން ޓާގެޓްކުރާ އެންމެ ޕަސެންޓެއްގެ ބޯޓުތަކުގެ ޓާގެޓް ޙާސިލުވުމަކީ ވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ހާސިލް ވުމަށް ލިބޭނެ ބާރެއް ކަމަށެވެ. އެގޮތުން އޮން ޕޯޓު ފެސިލިޓީއެއް ހަދައި އެ ޚިދުމަތް އޭރުން ފުޅާ ކުރެވޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި ރަސްމީކޮށް ފެށި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ. އެގޮތުން އެ ޙިދުމަތް ދިނުމަށް އެސްޓީއޯއިން ބޭނުންކުރާނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، އެމްއެސްއެސް އިން އޮޕަރޭޓްކުރަމުން އަންނަ "ވައިސީ ބެރިއާ" ނަމަކަށް ކިޔާ އުޅަނދެކެވެ. އެ އުޅަނދަކީ މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ އުފުލޭ ބޯޓެކެވެ. އަދި އޭގެ އިތުރަށް އެސްޓީއޯ އިން ވަނީ ބަންކަރިންގެ ޙިދުމަތަށް އިތުރު ދެ ބޯޓެއް ވެސް ގެނެސްފައެވެ. އެގޮތުން ގެނެސްފައިވަނީ 4،000 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓަކާއި އަދި ،3200 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްޓީއޯއަށް 2025 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ!ވިޔަފާރި | 2 މަސް ކުރިންމި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 785 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއްޚަބަރު | 2 މަސް ކުރިންބަންކަރިން ހިދުމަތުން ދައުލަތަށް ބޮޑު އާމްދަނީއެއް!ޚަބަރު | 2 މަސް ކުރިންއިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭ ފެސިލިޓީއެއް ތަރައްގީ ކުރަނީޚަބަރު | 3 މަސް ކުރިން