logo
Bank of Maldives

Bank of Maldives

ޚަބަރު

ލ. ގަމުން މާލެއަށް ދަތުރުކުރަނިކޮށް ގެއްލުނު ބޯޓު ފެނިއްޖެ

އައިޝަތު ނަޝާތާއައިޝަތު ނަޝާތާ
30 އޯގަސްޓު 2024 - 05:45
ލ. ގަމުން މާލެއަށް ދަތުރުކުރަނިކޮށް ގެއްލުނު ބޯޓު ފެނިއްޖެ

މ. ރަތްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުން ގެއްލިގެން ހޯދަމުން ދިޔަ މުދާ އުފުލާ ބޯޓު އަކިރިސް އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދައިފި އެވެ. އިންޖީނު ހުއްޓިފައި އޮތުމުން އެ ދޯނި ވަނީ ރާޑަރުން ބޭރުވެފަ އެވެ. ކޯސްޓްގާޑުގެ އިންޓަސެޕްޓާ ކްރާފްޓް މާފަތް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ. ބޯޓުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށާއި، އެ އެންމެން އަނބުރާ ގަމަށް ގެންދިއުމުގެ މަސައްކަތް ކުރާކަމަށް ކޯސްޓް ގާޑުން މަޢުލޫމާތު ދެއެވެ.

މ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަކިރިސް ބޯޓު ގެއްލިގެން ހޯދަން ފެށީ ހޯމަ ދުވަހުގެ ފަތިހު ލ.ގަމުން ފުރައިގެން ދަތުރުކުރަމުން ދަނިކޮށެވެ. މި ދޯނީގެ ފަޅުވެރިންގެ ގޮތުގައި ތިބީ ދެ ދިވެހިންނާއި ފަސް ބިދޭސީންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޯޓުގެ ޖީޕީއެސް ސިސްޓަމުން އެންމެ ފަހުން އަޕްޑޭޓް ލިބިފައިވަނީ އިއްޔެ ހެނދުނު 9:18 ގައެވެ. އޭރު އެ ބޯޓު ދަތުރުކުރަމުން ދިޔައީ އިސްދު އަތޮޅުގެ ދުރު ފަރާތުން މ. އަތޮޅާ ދިމާއަށެވެ. އޭގެ ފަހުން އިތުރު ޖީޕީއެސް ސިގްނަލެއް ނުލިބޭ ކަމަށާއި ފަޅުވެރިން ކަމާ ބެހޭ ފަރާތްތަކާ ގުޅޭގޮތް ނުވާ ކަމަށެވެ.

އެ ބޯޓު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް އެކަން އަންގާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެނީޚަބަރު | 13 ދުވަސް ކުރިންކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިޚަބަރު | 24 ދުވަސް ކުރިން2 ޑައިވަރުންގެ ހަށިގަނޑު ހޮހަޅައިން ނަގައިފިޚަބަރު | މަހެއް ކުރިންހާލު ދެރަވެގެން ގެނައި އެމްއެންޑީއެފް އޮފިސަރ ނިޔާވެއްޖެޚަބަރު | މަހެއް ކުރިން