އުސް އިމާރާތްތަކެއް ފެންނަން ނެތަސް އިޤްތިޞާދު ހަމަމަގަށް އަޅުވަން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ - މިނިސްޓަރ


07 ނޮވެމްބަރު 2024 - 11:43
އުސް އިމާރާތްތަކެއް ފެންނަން ނެތަސް، ޤައުމުގެ އިޤްތިޞާދު ހަމަމަގަށް އެޅުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.ވަޒީރު ސައީދު މިހެން ވިދާޅުވީ މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅުގައެވެ.
މި ސަރުކާރަށް މިވީ މުއްދަތުގައި ބޮޑެތި އުސް އިމާރަތްތަކެއް އަދި ލޮލަށް ފެންނަން ނެތް ނަމަވެސް އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން 5 އަހަރެއްގައި ކެބިނެޓު ޖަލްސާތައް ނުބާއްވާ އަދަދަކަށް މި ފާއިތުވީ 52 ހަފްތާގެ ތެރޭގައި ޖަލްސާތައް ބާއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އަންނަ އަހަރުތެރޭ ޕޭޕަލްފަދަ ޚިދުމަތްތައް އަންނާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އަންނަ އަހަރުވެގެންދާނީ ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް ކަމަށެވެ. އަދި ގިނަ މަޝްރޫޢުތަކެއް ފެށި ރާއްޖޭގައި ވިޔަފާރީގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް އަންނަ އަހަރުތެރޭ އަންނާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ޑޮލަރު ލިމިޓްކުރަން ބީއެމްއެލުން ނިންމީ ރައީސްގެ އެންގެވުމާއި ޚިލާފަށް: ސަރުކާރު
8 މަސް ކުރިން
ރާއްޖެއަށް ޕޭޕަލް ގެންނަން ޕްރޮޕޯސަލް ވާނީ ހުށަހަޅާފައި: ވަޒީރު
7 މަސް ކުރިން
މިސަރުކާރަކީ ކުލަކުލައިގެ ސިގްނަލް ދޭ ސަރުކާރެއްނޫން: މިނިސްޓަރ ސައީދު
7 މަސް ކުރިން