logo
E-Platinum
ޚަބަރު

ރާއްޖެއާ ބެހޭ ފިލްމެއް ހަދަން ހޮލީވުޑާއެކު މަސައްކަތް ކުރަނީ

އަޙްމަދު ޒަލީފް
17 ސެޕްޓެމްބަރު 2024 - 14:36
ރާއްޖެއާ ބެހޭ ފިލްމެއް ހަދަން ހޮލީވުޑާއެކު މަސައްކަތް ކުރަނީ

ރާއްޖެއާ ބެހޭ ފިލްމެއް ހަދަން ހޮލީވުޑާއެކު މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ރާއްޖޭގެ އިންވެސްޓްމެންޓްތައް ޕްރޮމޯޓްކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ދާދިފަހުން އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއާ ބެހޭ ފިލްމެއް ހަދަން ހޮލީވުޑްގެ ފިލްމު އުފައްދާ ފަރާތްތަކާ އެކީ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޓީއެއް ފޮނުވިން ފައިންޑިން ނީމޯ ސްޓޯރީ ލިޔުނު ފަރާތަށް. އެ މަސައްކަތުގެ ތެރެއިން ހޮލީވުޑްގެ ސްޓާޓްއަޕް ކުންފުންޏަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން އެބޭފުޅުން ރާއްޖެ އައިސް ވަރަށް ގިނަ ފަރާތްތަކާ ބައްދަލު ވެސް ކޮށްފައި ވަނީ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެ ކުންފުނިން ރާއްޖެއަށް ދެވަނަ ދަތުރެއް ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި އުއްމީދަކީ އެކަން ކޮޅެއްގައި ޖެހުން ކަމަށެވެ.

މީގެއިތުރުން ކްރިއޭޓިވް އިކޮނޮމީއަކީ ދައުލަތް ދަންނަ ދާއިރާއަކަށް ހެދުމަށް ރައީސް މަސައްކަތް ކުރައްވާ ކަމަށާއި ބޭރުގެ އިންވެސްޓަރުންނަށް މި ދާއިރާގައި އިންވެސްޓް ކުރުމަށް މިނިސްޓްރީން ސިޔާސަތެއް ކަނޑައަޅާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އެއާއެކު ކްރިއޭޓިވް އިކޮނޮމީ ހަބްގެ ބިންގާ އެޅި، އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހި، އެ ހަބް އިމާރާތް ކުރުމުގެ މަސައްކަތް ބީސީސީން ކުރަމުންދާކަން ވެސް ސައީދު ފާހަގަކުރެއްވި އެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭކަމަށް ބުނެ ޔާމީން ހެއްދެވީ އިތުރުފުޅެއްޚަބަރު | 25 ދުވަސް ކުރިންރާއްޖޭގައި އިންވެސްޓުކުރާ މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކޮށްފިޚަބަރު | މަހެއް ކުރިންލަންކާ އާއިއެކު ކޮމާޝަލް ޑިއުޓީ-ފްރީ ޒޯނެއް ޤާއިމްކުރަން ޚިޔާލު ވެސް ކުރެވިފައެއްނުވޭ: ސައީދުޚަބަރު | މަހެއް ކުރިންސަރުކާރު މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކކުރާކަމަށް ބުނެ ފަތުރަނީ ދޮގު- ސައީދު ޚަބަރު | 3 މަސް ކުރިން