މިސަރުކާރަކީ ކުލަކުލައިގެ ސިގްނަލް ދޭ ސަރުކާރެއްނޫން: މިނިސްޓަރ ސައީދު

އިގްތިސާދާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު --ފޮޓޯ/ރައީސް އޮފީސް

03 ސެޕްޓެމްބަރު 2024 - 08:49
މި ސަރުކާރަކީ ސިޔާސަތުތައް އާއްމުކުރުމުގައި ކުލަ ކުލައިގެ ސިގްނަލްދޭ ސަރުކާރެއް ނޫން ކަމުގައި އިކޮނިމިކް މިނިސްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ ސަރުކާރުން އެކުލަވާލައި މިއަދު ތަސްދީގު ކުރި ބޭރުގެ އިންވެސްޓްމެންޓްތަކާއި ބެހޭ ބިލްގެ މައުލޫމާތު ހާމަކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ސަރުކާރުން ފޮރިން އިންވެސްޓްމެންޓްގެ ބިލް ތަސްދީގު ކުރީ ބޭރުގެ އެއްވެސް އިންވެސްޓަރުންތަކެއްފެ"ފެހި ސިގްނަލް" ލިބިގެންތޯ ސުވާލު އުފައްދާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ސިގްނަލްތަކުގެ ވާހަކަދައްކައިގެން ލިބޭނެ ކުރިއެރުމެއް ނެތްކަމަށާއި ޑިވެލޮޕްމެންޓް ބޭންކެއް ގާއިމް ކުރުުމުގެ ވާހަކައަކީ ކުރީގެ ރައީސް މަރުހޫމް އިބްރާޙިމް ނާސިރު ގެ ދައުރުއްސުރެ ދެކެވެމުން އައި ވާހަކައެއްކަމަށެވެ.
ނަމަވެސް މިސަރުކާރުން ބައިނަލްއަގުވާމީ ގޮތުން ފުއްނާބުއުސް ފަންނީ މާހިރުން ގެނެސް ޑިވޮލެޕްމެންޓް ބޭންކެއް އުފައްދައި މިހާރު އެކަމަށް އެމްއެމްއޭ އިން ލައިސަންސް އަށް އެދިފައިކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފިޒިކަލް އިންފްރާސްޓްރަކްޗާ ނުވަތަ އިމާރާތް އެޅުމުގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.
މިސަރުކާރަކީ އެއްވެސް ކުލަކުލައިގެ ސިގްނަލްދޭ ސަރުކާރެއްނޫން. މަސައްކަތް މިކުރަނީ. މިކުރާ މަސައްކަތުގައި ހުރީ ފެހި ސިގްނަލްތޯ ރަތް ސިގްނަލްތޯ ރީނދޫ ސިގްނަލްތޯ އެވާހަކަ ނުދައްކަން އަޅުގަނޑެއް. އެވާހަކަ ދައްކައިގެން އަޅުގަނޑަކަށް ހިއެއްނުވޭ ކުރިއެރުމެއް ލިބޭނެހެން. ފުރަތަމަ ކަމަކަށް ބައްލަވާ ރާއްޖޭގެ ޑިވަލޮޕްމެންޓް ބޭންކެއް ނެތް. މިޢީ މަރުހޫމް އިބްރާހިމް ނާސިރުގެ ހަޔާތްޕުޅުއްސުރެން ކުރަން ކުރަން ކުރަން ކަނޑައެޅިފައިހުރި ކަންކަން އިންވެސްޓްމެންޓް ބޭންކްތައް ގެނައުންމީ. ފުރަތަމަ ފަހަރަށް ސްޓެމްފާޑްގެ ގްރެޖުއޭޓެއް ގެނެވި އަދި ބައިނަލްއަގުވާމީ ގޮތުން ފުންނާބު އުސް އެތައްބޭރުގެ ފަންނީ ބޭފުޅުން ގެނެސްގެން ޑިވަލޮޕްމެންޓް ބޭންކެއް ރައީސުލްޖުމްހޫރިއްޔާ އެ އުފައްދަވަނީ. މިހާރު އެމްއޭގައި ލައިސަންސަށް އެދިފައިވާނެ. މިހާރު ފިޒިކަލް އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރިއަށް އެދަނީ.- އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު
މީގެ އިތުރަށް މިސަރުކާރުގެ ދެފުށްފެންނަ ސިޔާސަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަމާނާތްތެރިކަމާއި އެކު ރައްޔިތުންނަށް ސަރުކާރުގެ މަޝްރޫއުތަކުގެ މައުލޫމާތު އަވަސް އަދި އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުންކަމަށެވެ. އެއާއިއެކު ކޮންމެ ވުުޒާރާއެއްގެ ވެސް ހިންގުންތެރިކަން ރަނގަޅުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރާނެ ޖާގަ އޮތްކަމަށް ވާނަމަ އެކަމަކަށް މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމުގައި ބައިނަލްއަގުވާމީ ފަންނީ ލަފާ ހޯއްދަވާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.
މިއަދުގެ އެ ބައްދަލުވުމުގައި ފޮރިން އިންސްވެޓްމެންޓް ގާނޫނުގެ ތެރެއިން އިގްތިސާދަށް ކުރާނެ މަންފާތަކާއި އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށާއި އެމީހުންގެ ވިޔަފާރިަތަކަށް ލިބޭނެ ރައްކާތެރިކަމާއި ބެހޭގޮތުގެ މައުލޫމާތުތައް ވަނީ އާއްމުންނާއި ހިއްސާކޮށްފައެވެ.
އިތުރު ލިޔުންތައް

ޑޮލަރު ލިމިޓްކުރަން ބީއެމްއެލުން ނިންމީ ރައީސްގެ އެންގެވުމާއި ޚިލާފަށް: ސަރުކާރު
7 މަސް ކުރިން
ރާއްޖެއަށް ޕޭޕަލް ގެންނަން ޕްރޮޕޯސަލް ވާނީ ހުށަހަޅާފައި: ވަޒީރު
7 މަސް ކުރިން
ވިޔަފާރިވެރިންނާ ޚިދުމަތްދޭ އިދާރާތަކާ ގުޅުވައިދޭ ޕްލެޓްފޯމު "ޓްރޭޑިއަން" އިފްތިތާޙްކޮށްފި
7 މަސް ކުރިން