logo
E-Platinum
ޚަބަރު

ރާއްޖެއަށް ޕޭޕަލް ގެންނަން ޕްރޮޕޯސަލް ވާނީ ހުށަހަޅާފައި: ވަޒީރު

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
1 ސެޕްޓެމްބަރު 2024 - 06:25
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު

ރާއްޖެއަށް ޕޭޕަލް ގެންނަން މިހާރު ވާނީ ޕްރޮޕޯސަލް ހުށަހަޅާފައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޕޭޕަލްގެ ޕްރެސިޑެންޓް ފޯރ ގްލޯބަލް މާކެޓްސް އާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށާއި، މީގެ ދެދުވަސް ކުރިން ރާއްޖޭގެ ފުލް ޕްރޮޕޯސަލް ޕޭޕަލް އަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

އެހެން ނަމަވެސް ސީދާ ރާއްޖެއަށް އެ ޚިދުމަތް ފެއްޓޭނީ ކޮންދުވަހަކު ކަމެއް ދަންނަވަން ދަތި ކަމަށާއި، އުންމީދު ކުރަނީ ވީހާވެސް އަވަހަށް އެ ޚިދުމަތް ރައްޔިތުންނަށް ދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ދެ ދުވަސް ކުރިން އަޅުގަނޑުމެންވާނީ ރާއްޖޭގެ ފުލް ޕްރޮޕޯސަލް ޕޭޕަލްއަށް ހުށައަޅާފައި. އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެކަމަށް. ސީދާ އަދި އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ ކޮންއިރަކުކަމެއް ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށޭނި. ނަމަވެސް ޕޭޕަލް ރާއްޖެއަށް ގެނެވޭނެ." ވަޒީރު ވިދާޅުވިއެވެ.

 ޕޭޕަލްގެ ޚިދުމަތަކީ ދިވެހި ޒުވާނުންނާއި އީ-ކޮމާސްގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ބޭނުންވާ ޚިދުމަަތަކަށްވާއިރު، މި ޚިދުމަތަކީ މިހާތަނަށް ރާއްޖޭގައި ތައާރަފުކުރެވި، ލިބެން ފަށާފައިވާ ޚިދުމަތެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭކަމަށް ބުނެ ޔާމީން ހެއްދެވީ އިތުރުފުޅެއްޚަބަރު | 22 ދުވަސް ކުރިންރާއްޖޭގައި އިންވެސްޓުކުރާ މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކޮށްފިޚަބަރު | 25 ދުވަސް ކުރިންލަންކާ އާއިއެކު ކޮމާޝަލް ޑިއުޓީ-ފްރީ ޒޯނެއް ޤާއިމްކުރަން ޚިޔާލު ވެސް ކުރެވިފައެއްނުވޭ: ސައީދުޚަބަރު | މަހެއް ކުރިންސަރުކާރު މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކކުރާކަމަށް ބުނެ ފަތުރަނީ ދޮގު- ސައީދު ޚަބަރު | 3 މަސް ކުރިން