logoEN
ޚަބަރު

ޑޮލަރު ލިމިޓްކުރަން ބީއެމްއެލުން ނިންމީ ރައީސްގެ އެންގެވުމާއި ޚިލާފަށް: ސަރުކާރު

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު

25 އޯގަސްޓު 2024 - 13:41

ޑޮލަރު ލިމިޓްކުރަން ބޭންކް އޮފް މޯލްޑިވްސްއިން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ ޚިލާފަށް ކަމަށް އިކޮނޮމިކް މިނިސްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބީއެމްއެލް އިން ނިންމި ގޮތަށް އަމަލު ނުކުރަން ރައީސް އެންގެވީ އެތައް ބައިވަރު ކިޔަވާ ކުދިންނާޢި އިމްޕޯޓު ވިޔަފާރި ކުރާ އެތައް ބައެއްގެ ހައްގުގައި ކަމަށެވެ.

ހަމަ އެގޮތަށް ރާއްޖެއަކީ މާގިނަ ޗޮއިސްތަކެއް އޮތް ގައުމެއް ނޫން ކަމަށާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން އޮންލައިން ޓްރާންސެކްޝަން ތައް ހަދާ ފަރާތްތަކަށް ލިމިޓޭޝަން ހެދުމަކީ ސަރުކާރުން އެކަމަށް ހިތްވަރުދޭ ކަމެއް ނޫން ކަމަށް މިނިސްޓަރި ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ރައީސެއް ބޭނުންފުޅެއް ނުވާނެ ރާއްޖެ ދޫކޮށް ކިޔަވަން ހުރި ކުއްޖެއްގެ އެކައުންޓަށް ޑޮލަރު ނުދާނެ އެއްވެސް ޗޮއިސްއެއް އޮންނާކަށް. ހަމައެގޮތަށް ރާއްޖެއަކީ މައިކްރޯ ސްމޯލް މީޑިއަމް، ޚާއްސަކޮށް ކޮވިޑަށްފަހު މާގިނަ ޗޮއިސްތަކެއް ރާއްޖޭގައި ނެތް. ހަމަ ޑެބިޓްކާޑް، ކްރެޑިޓްކާޑު ބޭނުންކޮށްގެން އޮންލައިން ވިޔަފާރިވެސް ވަރަށް ބޮޑަށް އެބަކުރޭ. ކުރާއިރުގަ އަޅުގަނޑުމެންނަށް ވާރުތަވި މައްސަލައެއް އެއީ ހުއްޖަތަކަށް ހަދާފަ ކިޔަވާ ކުދިންނަށް ފައިސާ ނުލިބި، އަދި ޑެބިޓް ކާޑު ބޭނުންކުރާ އޮންލައިން ޓްރާންސެކްޝަން ހަދާ ބޭފުޅުންނަށް ލިމިޓޭޝަން އައުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. އެގޮތް ރައީސަކަށް ގަބޫލުފުޅެއް ނުކުރެވޭ." އިކޮނޮމިކް މިނިސްޓަރ އަހުމަދު ސައީދު ވިދާޅުވިއެވެ.

ރާއްޖެއަކީ ޑޮލަރަށް ބަރޯސާވެފައި އޮތް %90 އިމްޕޯޓް ކުރާ ގައުމެއް ކަން ފާހަގަކުރައްވަމުން ސައީސު ވިދާޅުވީ، އެހެން އެކަން އޮއްވައި، ބީއެމްއެލްއިން މިއަދު ހެނދުނު އަމަލު ކުރީ ސީދާ ރައީސް އެ ކަމުގައި އެގޮތަށް އަމަލުނުކުރަން އަންގަވާފައި އޮއްވައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކާޑުގެ ލިމިޓޭޝަނަށް ބަދަލު ގެނައީ އެކަމަށް އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށާއި، އެކަމާއި ގުޅުންހުރި ފަރާތްތަކާއި، ސީދާ ރައީސް ބައްދަލުކޮށް މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ނޫސްވެރިންގެ މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރުވެސް ވަނީ މިއަދު ބޭންކުން ނިންމި ނިންމުމަކީ ސަރުކާރުގެ ލަފަޔާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

871x217_placeholder