ރައީސް ވަކާލާތު ކުރަށްވަނީ ކެރިގެން ސާބިތުކަމާއެކު: ސައީދު


28 ސެޕްޓެމްބަރު 2024 - 18:51
ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަކާލާތު ކުރަށްވަނީ ސާބިތުވެހުންނަވާ، ދިވެހި ޤައުމާއި އިސްލާމީ އުއްމަތުގެ ހައްގުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ، ސަންގު ޓީވީން ގެނެސްދިން ރައީސްގެ އދ. ދަތުރުފުޅުގެ ޚާއްސަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ސައީދު ދެއްކެވި ވާހަކާގައި ވިދާޅުވީ، ބައިނަލްއަގްވާމީ މައިދާނުގައި މީގެ ކުރިން އަބަދުވެސް ރާއްޖޭގެ ފަރާތުން ދައްކާއަޑު އިވެނީ ތިމާވެށީގެ މައްސަލަތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައާއި އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ފަދަ މައްސަލަތަކުގެވާހަކަ ކަމަށެވެ.
އެހެންނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ ދިވެހިންގެ އާބާދީ ކުޑަނަމަވެސް ރާއްޖެއަށް ލިބިގެންވާ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ޖާގައިގެ ތަނަވަސްކަން ހާމަކުރައްވާ ވާހަކަފުޅު ދައްކަވަމުންކަން ސައީދު ފާހަގަކުރެއްވިއެވެ.
މިގޮތުން ރައީސް ގެންދަވަނީ ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ވާހަކައާއި، ކުދި ގައުމުތަކަށް ކުރިމަތިވާ ދަތިތަކުގެ ވާހަކަ ކެރިގެން ސާބިތުކަމާއެކު ދައްކަވަމުންކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އިތުރު ލިޔުންތައް

ޑޮލަރު ލިމިޓްކުރަން ބީއެމްއެލުން ނިންމީ ރައީސްގެ އެންގެވުމާއި ޚިލާފަށް: ސަރުކާރު
8 މަސް ކުރިން
ރާއްޖެއަށް ޕޭޕަލް ގެންނަން ޕްރޮޕޯސަލް ވާނީ ހުށަހަޅާފައި: ވަޒީރު
8 މަސް ކުރިން
މިސަރުކާރަކީ ކުލަކުލައިގެ ސިގްނަލް ދޭ ސަރުކާރެއްނޫން: މިނިސްޓަރ ސައީދު
8 މަސް ކުރިން