logo
E-Platinum
ޚަބަރު

ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމުން ތިން ދުވަސްތެރޭގައި 60 އެއްހާ ސާޖަރީ ހަދައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ނޮވެމްބަރު 2024 - 18:56
ޗައިނާގެ ޑޮކްޓަރުންގެ ޓީމުން ތިން ދުވަސްތެރޭގައި 60 އެއްހާ ސާޖަރީ ހަދައިފި

ހުޅުމާލޭ ހޮސްޕިޓަލުގައި ޗައިނާގެ ޑޮކްޓަރުންގެ ޓީމަކާއެކު ކުރިއަށްގެންދާ "އައި ކޭމްޕް"ގައި 3 ދުވަހުގެ ތެރޭގައި 60 އެއްހާ ސާޖަރީ ހަދައިފިއެވެ.

ޗައިނާ ސަރުކާރުގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ މި އައި ކޭމްޕާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރ ވާން ލިޖިން ވިދާޅުވީ ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭ ޗައިނާގެ ޓީމުން 60 އެއްހާ ސާޖަރީ ހަދައި، ދިވެހިންނަށް ފަރުވާ ދީފައިވާކަމަށެވެ.

 

 

ރާއްޖެއާއި ޗައިނާ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާތަކެއްވާތީ އުފާކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ކޭމްޕްގައި ބަލާނީ ލޮލުގެ ސާޖަރީ ކުރުމަށް ކުރިން ނަން ނޯޓުކޮށްފައިވާ މީހުން ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފަވެއެވެ.

މި ކޭމްޕް ކުރިއަށްގެންދަން ހަމަޖެހިފައި ވަނި މާދަމާގެ ނިޔަލަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 4 ދުވަސް ކުރިންރައްޔިތުން އެދުނު ބަދަލާއެކު މާފަރު ހެލްތް ސެންޓަރުގެ ޖާގަ އިތުރުކޮށް އަލުން ހަވާލުކޮށްފި ޚަބަރު | 5 ދުވަސް ކުރިންނަފްސާނީ ސިއްހަތުގެ ހެލްޕްލައިނަށް ދިމާވި މައްސަލައާ ގުޅިގެން ވަގުތީ ނަންބަރެއް ޚަބަރު | 10 ދުވަސް ކުރިން ކެންސަރަށް ރައްކާތެރިވުމަށް މާލޭގެ 5 ސުކޫލަކުން 505 ދަރިވަރަކަށް ވެކްސިން ދީފިޚަބަރު | މަހެއް ކުރިން