logo
ޚަބަރު

ކެންސަރަށް ރައްކާތެރިވުމަށް މާލޭގެ 5 ސުކޫލަކުން 505 ދަރިވަރަކަށް އެޗް.ޕީ.ވީ ވެކްސިން ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ޖުލައި 2025 - 14:43
 ކެންސަރަށް ރައްކާތެރިވުމަށް މާލޭގެ 5 ސުކޫލަކުން 505 ދަރިވަރަކަށް ވެކްސިން ދީފި

ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗް.ޕީ.ވީ) އިން ޖެހޭ ކެންސަރ ތަކުން ރައްކާތެރިވުމަށް، މާލެ ސަރަހައްދުގެ 5 ސުކޫލަކުން ޖުމްލަ 505 ދަރިވަރަކަށް އެޗް.ޕީ.ވީ ވެކްސިން ދީފިއެވެ.

ހެލްތް މިނިސްޓްރީން ބުނެފައިވާގޮތުގައި މި ހަރަކާތަކީ ދުނިޔޭގެ ވެކްސިން ހަފްތާ އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސުކޫލުތައް ގުޅިގެން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޖޫން މަހުގެ ތެރޭގައެވެ. ދުނިޔޭގެ ވެކްސިން ހަފްތާއާ ގުޅިގެން ރޭވުނު މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، ޤައުމީ ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިންތަކުގެ ކަވަރޭޖް ރަނގަޅުކޮށް، ރައްކާތެރި މުޖުތަމައެއް ބިނާކުރުމެވެ.

މި ހަރަކާތުގައި ބައިވެރިވި ސުކޫލުތަކުގެ ތެރޭގައި އިމާދުއްދީން ސްކޫލް، ސަލާހުއްދީން ސްކޫލް، ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް އަދި ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް ހިމެނެއެވެ.

އެޗް.ޕީ.ވީ ވެކްސިންއަކީ 2019 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން، ޚާއްސަކޮށް 10 އަހަރުގެ އަންހެން ކުދިންނަށް ދެވެމުން އަންނަ ވެކްސިންއެކެވެ.

މި ވެކްސިންއަކީ ހިއުމަން ޕެޕިލޯމާ ވައިރަސްގެ ސަބަބުން ޖެހޭ ކެންސަރ (މިސާލަކަށް ރަހިމުގެ ކެންސަރު) ތަކުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. އެޗް.ޕީ.ވީ ފެތުރުން މަދުކުރުމަށްޓަކައި ވެކްސިން ޖަހާ އާބާދީ ބޮޑުކޮށް ކަވަރޭޖް އިތުރުކުރުމަކީ ސިއްހީ ގޮތުން ވަރަށް މުހިންމު ކަމެއްކަން ހެލްތް މިނިސްޓްރީން ފާހަގަކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ފުރަތަމަ ތިންމަހުގައި ޖުމްލަ 1،435 ކުދިން އުފަންވިޚަބަރު | 13 ދުވަސް ކުރިންލައިސެންސް ނެތި ބައެއް ނަރުހުން މަސައްކަތްކުރޭ: ހެލްތު މިނިސްޓްރީޚަބަރު | 14 ދުވަސް ކުރިންހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފިޚަބަރު | މަހެއް ކުރިންކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | މަހެއް ކުރިން