logo
Bank of Maldives

Bank of Maldives

ޚަބަރު

ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިނަށް ދިމާވި މައްސަލައާ ގުޅިގެން ވަގުތީ ނަންބަރެއް ހަމަޖައްސައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ޖުލައި 2025 - 14:45
ނަފްސާނީ ސިއްހަތުގެ  ހެލްޕްލައިނަށް ދިމާވި މައްސަލައާ ގުޅިގެން ވަގުތީ ނަންބަރެއް

ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

މިކަމާ ގުޅިގެން ޚިދުމަތް އަލުން އިޔާދަވަންދެން ވަގުތީ ނަންބަރެއް ހަމަޖައްސާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓެކްނިކަލް މައްސަލައެއް ދިމާވެ، 1677 ނަންބަރުން ލިބެމުންދާ ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިފައިވާ ވަގުތުތަކުގައި ނަފްސާނީ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ، 7265402 މި ނަންބަރަށް ގުޅުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި، ހެލްޕްލައިންގެ ޚިދުމަތް އަލުން އިޔާދަކުރެވުނުހާ އަވަހަކަށް އާންމުކޮށް އަންގާނެ ކަމަށެވެ.

ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ޤައުމީ ހެލްޕްލައިން ތަޢާރަފްކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. 24 ގަޑިއިރު އެހީތެރިކަން ލިބޭ މި ހެލްޕްލައިން ނަންބަރަކީ 1677 އެވެ.

ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިން ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން، އެ މަނިކުފާނުގެ ހަފުތާ 14 ގެ މަސައްކަތު ތާވަލުގައި ހިމެނޭ ކަމެކެވެ. މި ހެލްޕްލައިންގެ މަޤްސަދަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމާއި، ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިވާ މީހުންނަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދީ، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމެވެ.

މި ނަންބަރުން ނަފްސާނީ ސިއްހަތުގެ ފުރަތަމަ އެހީގެ އިތުރުން، މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހެދިފައިވާ އުސޫލުގެ ތެރެއިން ގުޅުން ހުރި ޚިދުމަތްތަކަށް ރިފަރަލް ހެދިގެންދާނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިލަންދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތާއެކު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 4 ދުވަސް ކުރިންމައިންގެ ފަރާތުން ޖެހޭ ބޮޑު ތިން ބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެޚަބަރު | 6 ދުވަސް ކުރިން''ރާއްޖޭގައި ވެސް ހިތުގެ ބަލިފަދަ ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަ''ޚަބަރު | 21 ދުވަސް ކުރިންމިއަހަރުގެ ފުރަތަމަ ތިންމަހުގައި ޖުމްލަ 1،435 ކުދިން އުފަންވިޚަބަރު | 2 މަސް ކުރިން