logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ކީ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
9 ނޮވެމްބަރު 2024 - 06:05
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ކީ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގެ އެންމެ ބޮޑު އިޤްތިޞާދީ މަޝްރޫޢު ކަމުގައިވާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ގެ ފްރޭމްވޯކް އެގްރީމެންޓެއްގައި ރަސްމީކޮށް ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމާއި ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް ކޮމާޝަލް އޮފިސަރު.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ އިޤްތިސާދީ އެޖެންޑާގެ ދަށުން ހިންގޭ މިމަޝްރޫޢު ވެގެންދާނީ ރާއްޖެ އިތުރު ދާއިރާކަށް ހުޅުވިގެންދާނެ ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ރައީސްގެ ތަރައްޤީގެ އެޖެންޑާ ބިނާވަނީ ތިން ކަމެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއަރުވައި ވަރުގަދަކުރުމާއި ފައިނޭންޝިއަލް ޑިޖިޓަލް އިކޮނޮމީއާއި މެރިޓައިމް އިކޮނޮމީއަކީ ރައީސްގެ އެޖެންޑާގައި ހިމެނޭ އެންމެ މުހިއްމު ތިން ބައި ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ އެވެ. މި އިޤްތިޞާދީ ދޮރޯށި ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ޑައިވަރސިފިކޭޝަނަށް ލިބިގެންދާނެ ބޮޑު ކެޓަލިސްޓަކަށް ކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންނަށް ފުރުސަތު އިތުރުވާނެހެން ބޭރުގެ ވިޔަފާރިތަކަށް ބައެއް ދާއިރާތައް މަނާކޮށްފިޚަބަރު | 11 ދުވަސް ކުރިންޕާކިސްތާނުގައި ބާއްވާ ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ޚަބަރު | 3 މަސް ކުރިންޓްރޭޑްމާކް ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންލަންކާ އިންޑަސްޓްރީ އެކްސްޕޯ: ގައި ދިވެހި ވިޔަފާރިތަކަށް ރަނުގެ ފުރުސަތެއްޚަބަރު | 3 މަސް ކުރިން