logo
Bank of Maldives

Bank of Maldives

ޚަބަރު

ލަންކާގައިއޮންނަ އިންޑަސްޓްރީ އެކްސްޕޯ 2025 ގައި ދިވެހި ވިޔަފާރިތަކަށް ފުރުސަތު

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖުލައި 2025 - 06:50
ލަންކާ އިންޑަސްޓްރީ އެކްސްޕޯ: ގައި ދިވެހި ވިޔަފާރިތަކަށް ރަނުގެ ފުރުސަތެއް

މި އަހަރުގެ ސެޕްޓެންބަރު މަހުގެ 18 އިން 21 އަށް ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 'އިންޑަސްޓްރީ އެކްސްޕޯ 2025' ގައި، ދިވެހި އުފެއްދުންތައް އެގްޒިބިޓްކޮށް، ގަނެވިއްކުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ފުރުޞަތަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރެއްގައި އިޝްތިހާރުކޮށް މާކެޓްކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި މައުލޫމާތު އެ މިނިސްޓްރީއާ ހިއްސާކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ ސްރީ ލަންކާގެ ހައިކޮމިޝަނުންނެވެ.

މި އެކްސްޕޯގައި ދިވެހި އުފެއްދުންތައް ދައްކާލުމުގެ އިތުރުން، އެ އުފެއްދުންތައް ބައިނަލްއަޤްވާމީ ގޮތުން ގަނެ ވިއްކުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ. މިއީ ވިޔަފާރިތަކަށް އާ ބާޒާރުތައް ހުޅުވައިލެވޭނެ ރަނގަޅު މަންސައެކެވެ.

މިއެކްސްޕޯގައި ބައިވެރިވުމަކީ، ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފައްދާ ތަފާތު އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ތައާރަފްކޮށް، އާ ކަސްޓަމަރުން ހޯދައި، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. ޚާއްސަކޮށް، ދިވެހި އަތްތެރި މަސައްކަތާއި، މަސްވެރިކަމުގެ އުފެއްދުންތައް އަދި އެހެނިހެން ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ ދާއިރާގައި ދައްކާލުމަށް މިއީ ފަހިވާނެ މާހައުލެކެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމާއި އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު، މި އެކްސްޕޯ އިންތިޒާމުކުރާ ފަރާތުގެ ވެބްސައިޓް (idb.gov.lk) އިން ލިބިވަޑައިގަންނަވާނެއެވެ. ބައިވެރިވުމަށް އެދި ރެޖިސްޓަރ ކުރައްވާނީ ވެސް މި ވެބްސައިޓު މެދުވެރިކޮށެވެ.

ދިވެހި ވިޔަފާރިވެރިންނަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހިތްވަރުދީފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު: 790 މިލިއަން ޑޮލަރުގެ ޓައުންޝިޕެއް ގާއިމުކުރަން ހުއްދަދީފިޚަބަރު | 20 ގަޑިއިރު ކުރިންފިކުރީ މުދާ ހިމާޔަތް ކުރުމަށް ޕޭޓަންޓު ބިލެއްގެ މަސައްކަތް ފަށައިފިޚަބަރު | 21 ދުވަސް ކުރިންދިވެހި ނަމެއްދީ ގޫގުލްއިން ރާއްޖެ ބައިވެރިކޮށްގެން ބޮޑު އިންވެސްޓްމަންޓެއްޚަބަރު | 23 ދުވަސް ކުރިންދިވެހިންނަށް ފުރުސަތު އިތުރުވާނެހެން ބޭރުގެ ވިޔަފާރިތަކަށް ބައެއް ދާއިރާތައް މަނާކޮށްފިޚަބަރު | 2 މަސް ކުރިން