logo
Bank of Maldives

Bank of Maldives

ޚަބަރު

ޕާކިސްތާނުގައި ބާއްވާ ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު

އައިމިނަތު މޫސާ
3 އޯގަސްޓު 2025 - 13:58
ޕާކިސްތާނުގައި ބާއްވާ ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު

ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ 41 ވަނަ އިންޓަނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

 އިކޮނޮމިކް މިނިސްޓްރީން ބުނީ ޕާކިސްތާނުގެ ލާހޯރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެގްޒިބިޝްން އޮންނާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 7 އިން 9 އަކަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަންގައި ބައިވެރިވުމަށް ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަމުގެ މައުލޫމާތު ޕާކިސްތާނު ސަރުކާރުން ހިއްސާކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މައުރަޒުގައި ބައިވެރިވުމަށް ލިބިފައިވާ ފުރުސަތަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ ފުރުސަތެއްކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ ލާހޯރުގައި ހުންނަ ޕާލް ކޮންޓިނެންޓަލް ހޮޓެލްގައެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށް އަދި އެޕްރޫވަލް ލިބޭ ފަރާތްތަކަށް ޕާލް ކޮންޓިނެންޓަލް ހޮޓެލް ލާހޯރުން 3 ރޭގެ ހިލޭ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމުގެ މައުލޫމާތު ޕާކިސްތާނު ސަރުކާރުން ވަނީ ހިއްސާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ޕާކިސްތާން ސަރުކާރުން ކަނޑައަޅާ އެހެނިހެން ހާއްސަ ޕެކޭޖުތަކެއްވެސް ފޯރުކޮށްދެވޭނެ ކަމުގެ މައުލޫމާތުވެސް ޕާކިސްތާނު ސަރުކާރުން ފޯރުކޮށްދީފައިވާ ކަމުގައި މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

މި މައުރަޒުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން international@trade.gov.mv  އީމެއިލް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ތިން ދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒުގައި، ހޭންޑްމޭޑް ކާޕެޓް އިންޑަސްޓްރީގެ އުފެއްދުންތެރިންނާއި އެކްސްޕޯޓަރުން އެ ފަރާތްތަކުގެ އަގުހުރި އުފެއްދުންތަކަށް ހާއްސަ ސްޓޯލްތަކެއްގައި ދައްކުވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިކުރީ މުދާ ހިމާޔަތް ކުރުމަށް ޕޭޓަންޓު ބިލެއްގެ މަސައްކަތް ފަށައިފިޚަބަރު | 19 ދުވަސް ކުރިންދިވެހި ނަމެއްދީ ގޫގުލްއިން ރާއްޖެ ބައިވެރިކޮށްގެން ބޮޑު އިންވެސްޓްމަންޓެއްޚަބަރު | 21 ދުވަސް ކުރިންދިވެހިންނަށް ފުރުސަތު އިތުރުވާނެހެން ބޭރުގެ ވިޔަފާރިތަކަށް ބައެއް ދާއިރާތައް މަނާކޮށްފިޚަބަރު | 2 މަސް ކުރިންޕާކިސްތާނުގައި ބާއްވާ ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ޚަބަރު | 4 މަސް ކުރިން