logo
MPL

MPL

ޚަބަރު

ބިޒްނަސް ޕޯޓްލް މެދުވެރިކޮށް ހުށަހަޅާފައިވާ ފޯމުތައް އަންނަ ބުރާސްފަދި ދުވަހުންގެ ކުރިން އިސްލާހު ކުރަން އަންގައިފި

އަޙުމަދު ރިޝާން
11 ޖުލައި 2026 - 05:09
ބިޒްނަސް ޕޯޓްލް މެދުވެރިކޮށް ހުށަހަޅާފައިވާ ފޯމުތައް އަންނަ ބުރާސްފަދި ދުވަހުންގެ ކުރިން އިސްލާހު ކުރަން އަންގައިފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ “ބިޒްނަސް ޕޯޓަލް” މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން، ބައެއް މަރުހަލާތައް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކާ ހުރި ހުށަހެޅުންތައް އަންނަ ބުރާސްފަދި ދުވަހުންގެ ކުރިން ފުރިހަމަކުރަން އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ޕޯޓަލް މެދުވެރިކޮށް ގިނަ އަދަދެއްގެ އެޕްލިކޭޝަން ހުށަހަޅާފައިވީ ނަމަވެސް، އޭގެ ތެރެއިން ބައެއް ހުށަހެޅުންތައް އެކި މަރުޙަލާތަކުގައި ފުރިހަމަނުވެ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، އެފަދަ އެޕްލިކޭޝަންތައް ފުރިހަމަކޮށް، ފައިސާ ދައްކާ ނިންމުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފުރުސަތުގެ ދަށުން ފުރިހަމަކުރެވޭނެ އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނެނީ:

  1. ކުންފުނީގެ ނަން ރިޒާވްކުރުމަށް އެދި ހުށަހަޅައި، ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން ފުރިހަމަނުވެ ހުރި އެޕްލިކޭޝަންތައް.
  2. ވިޔަފާރި ނުވަތަ ނަން ރިޒާވްކުރުމަށްފަހު، ރަޖިސްޓްރީކުރުމުގެ މަރުޙަލާ ފުރިހަމަނުކޮށް ހުރި ހުށަހެޅުންތައް.
  3. ރަޖިސްޓްރީކުރުމަށް ފޯމު ހުށަހަޅައި، ފައިސާ ނުދެއްކުމުގެ ސަބަބުން މުޅިން ނުނިމި ހުރި އެޕްލިކޭޝަންތައް.
  4. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން ރިޒާވްކޮށް، ނަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ފުރިހަމަނުވާ އެޕްލިކޭޝަންތައް.
  5. ނަން ބަދަލުކުރުމުގެ ފޯމު ފުރިހަމަކޮށް، ފައިސާ ދެއްކުމާ ހަމައަށް ގޮސް ފައިސާ ނުދައްކާ ހުރި ހުށަހެޅުންތައް.

އިކޮނޮމިކް މިނިސްޓްރީން ބުނީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އެޕްލިކޭޝަންތައް ފުރިހަމަކޮށް ފައިސާ ދައްކާ ނިންމަންޖެހޭނެ ކަމަށެވެ. އަދި މި މުއްދަތު ހަމަވާއިރު ނުނިމި ހުންނަ އެޕްލިކޭޝަންތައް، އިތުރު އެންގުމަކާ ނުލައި ސިސްޓަމުން ބާޠިލުކުރާނެ ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތުދެ އެވެ.

 

 

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް ކޮމްސެކްގެ މިނިސްޓީރިއަލް ސެޝަންގައި ރާއްޖެއިން ބާރުއަޅައިފިޚަބަރު | 5 ދުވަސް ކުރިން10 އަހަރަށް ފަހު ބޭއްވި އުފެއްދުންތެރިކަމުގެ މަޢުރަޒު ފުރާލައިފި، މިހާތަނަށް 205،000 މީހުން ޒިޔާރަތްކޮށްފިޚަބަރު | 10 ދުވަސް ކުރިން%83 ގެ ކުރިއެރުމަކާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ފަށައިފިޚަބަރު | 16 ދުވަސް ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 16 ދުވަސް ކުރިން