logo
Bank of Maldives

Bank of Maldives

ޚަބަރު

ޓްރޭޑްމާކް ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ހުސައިން ވަސީމް
17 ޖުލައި 2025 - 08:14
ރައްޔިތުންގެ މަޖިލީހުގެ ތަޅުން -- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ތަޅުން -- ފޮޓޯ: މަޖިލިސް

ރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް ހުށަހެޅި ޓްރޭޑްމާކް ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ހުޅުވާލައިފި އެވެ.

މި ބިލް ދިރާސާ ކުރުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް ފޮނުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރޭޑްމާކާއި އިންޓަރލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. ހިޔާލު ހުށަހެޅުމަށް މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގެ އީމެއިލް [email protected] އަށް ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުންވެސް ހިޔާލު ހުށަހެޅޭނެ އެވެ.

މަޖިލީހުން ބުނީ މި ބިލުތަކަށް އާންމު ރައްޔިތުންނާއި، ވިޔަފާރިވެރިންގެ އިތުރުން ފަންނާނުންނާއި، އެހެނިހެން ފަރާތްތަކަށްވެސް ޚިޔާލާއި ފިކުރު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި، ޓްރޭޑްމާރކް ރަޖިސްޓަރީކޮށްދިނުމާގުޅޭ ނިޒާމެއް ޤާއިމުކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމާއި ރަޖިސްޓަރީކުރެވޭ ޓްރޭޑްމާރކާ ގުޅިގެން ޓްރޭޑްމާރކްގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ޙައްޤުތަކުގެ ދާއިރާ ބަޔާންކުރުމާއި، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކޮށްދިނުންކަމަށް ބިލުގައިވަނީ ބުނެފައެވެ.

މި ބިލުގައިވާގޮތުން"ޓްރޭޑްމަރކް" އަކީ އެއް ފަރާތެއްގެ މުދަލާއި ހިދުމަތްތައް އަނެއްފަރާތުގެ މުދަލާއި ހިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ޙައްގު ލިބޭނީ އެ ޓްރޭޑްމަރކެއް ރަޖިސްޓްރީ ކުރުމުންނެވެ.

ބިލުގައި ބުނެފައިވާގޮތުން ރާއްޖޭގައި ޓްރޭޑްމަރކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެއެވެ.

މިގޮތަށް ރަޖިސްޓްރީ ކުރާ ޓްރޭޑްމަރކް ވެރިފަރާތެއްގެ ހުއްދައާ ނުލައި ވިޔަފާރީގައި ބޭނުންކުރުމުގެ ސަބަބުން އޮޅުން އަރާނެފަދަ ހާލަތެއްގައި އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ހައްގު ވެރިފަރާތައް ލިބޭނެއެވެ.

އަދި މިފަދަ ހާލަތްތަކުގައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި ވަގުތީ އަމުރެއް ނެރުމާއި ވެރިފަރާތައް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ކޯޓަށް ހުށަހެޅުމާއި ޓްރޭޑްމަރކާ ގުޅޭ ހައްގަށް އަރައިގަތުން ހުއްޓުވައި އެ ހައްގުތައް އަނބުރާ ހޯދަން ހިނގާ ހަރަދު ހޯދައިދޭންވެސް ކަނޑައެޅިދާނެ ކަމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންނާ ކައިވެނި ކޮށްގެން އުޅޭ ބިދޭސިންނަށް އާސަންދަ ނުލިބޭތީ މަޖިލީހަށް ޤަރާރެއްޚަބަރު | 15 ގަޑިއިރު ކުރިންސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައިގައި ކަމާ ބެހޭ އިދާރާތައް 241 ކޮމިޓީއަށް ހާޒިރުކުރަނީ ޚަބަރު | 4 ދުވަސް ކުރިންޙިޔާލުހޯދުމުގެ އާންމު ވޯޓު ނެގުމުގައި މަޖިލީހުން އަމަލުކުރާނެގޮތުގެ ގަވާއިދު ފާސްކޮށްފިޚަބަރު | 7 ދުވަސް ކުރިންމަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ޓައީ އަޅަން ލާޒިމްކޮށްފި ޚަބަރު | 7 ދުވަސް ކުރިން