logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

އަޒަރުބައިޖާން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އާމިނަތު ޝަފާ
9 ނޮވެމްބަރު 2024 - 11:50
އަޒަރުބައިޖާން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އަޒަރުބައިޖާންގެ ވެރިރަށް ބަކޫ އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަޒަރުބައިޖާން އެއަރލައިންސްގެ ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.

އެމްއޭސީއެލް އިން ބުނީ އަޒަރުބައިޖާން އެއަރލައިންސްގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު 09:45 ގައެވެ. މި ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސ.ީއ.ީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފްގެ އިތުރުން ކުންފުނީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމް.އޭ.ސ.ީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވީ މި އައު ރޫޓުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ދަތުރުފަތުރުގެ ގުޅުން ވަރުގަދަވެ، އަޒަރުބައިޖާނުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިގެންދާނެ ކަމަށެވެ.

އަޒަރުބައިޖާން އެއަރލައިންސްގެ ޗީފް ކޮމާޝަލް އޮފިސަރ ޖަމީލް ވިދާޅުވީ ވިންޓަރ ސީޒަންގައި ދިވެހިރާއްޖެ ފަދަ މަޤްބޫލު މަންޒިލަކަށް ސީދާ ދަތުރުތައް ފެށުމަކީ އަޒަރުބައިޖާނުގެ ފަތުރުވެރިންނަށް ލިބޭ ބޮޑު ފަސޭހައެއް ކަމަށެވެ. ބަކޫ އާއި ވ.ީއައ.ިއޭއާއި ދެމެދު އަޒަރުބައިޖާން އެއަރލައިސްއިން ހަފްތާއަކު ދެ ފްލައިޓެއް އޮޕަރޭޓްކުރުމަށް ވަނީ ނިންމާފައެވެ. މިދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް ބ787ީ މަރުކާގެ މަތިންދާބޯޓެއްކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފިކުޅިވަރު | ދުވަހެއް ކުރިންވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފިޚަބަރު | މަހެއް ކުރިން އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ އެކްސްޕޯޓު 12.2 އިންސައްތަ އިތުރުވެއްޖެ ޚަބަރު | 3 މަސް ކުރިންކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ވިޔަފާރިވެރިން ތިބީ ތައްޔާރަށްޚަބަރު | 8 މަސް ކުރިން