logo
E-Platinum
ޚަބަރު

ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ވިޔަފާރިވެރިން ތިބީ ތައްޔާރަށް

ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ވިޔަފާރިވެރިން ތިބީ ތައްޔާރަށް

ކުރިއަށް އޮތް ރޯދަ މަހުގައި ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ވިޔަފާރިވެރިން ތައްޔާރު ވެއްޖެއެވެ.

މެންދުރު ޓީވީއަށް މަޢުލޫމާތު ދެއްވަމުން ފްރޮންޓިއާގެ ފަރާތުން ވާހަކަދައްކަމުން ރަފީގު ދެންނެވީ ބައެއް ގޮންޖެހުންތައް ދިމާވި ނަމަވެސް، ކުރިއަށް އޮތް ރޯދަ މަހު ބާޒާރަށް ތަކެތި ހުސްނުވެ ލިބޭނެ ގޮތް ހެދުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ގިނަ ބާވަތްތަކެއްގެ ސްޓޮކް ގެނެސް، ހެޔޮ އަގުގައި ބާޒާރުގައި މިހާރު ވެސް ވިއްކަމުންދާކަން އޭނާ ފާހަގަކުރިއެވެ.

އެގޮތުން ފްރޮންޓިއާއިން ބާޒާރަށް ނެރެފައިވާ ތަކެތީގެ އަގުތައް:

ލުނބޯ ކިލޯއެއް - 25 ރ

ލުނބޯ ކޭސް - 250 ރ

ކެރެޓް ކޭސް 250 ރ

މިއާއެކު މެންދުރު ޓީވީއަށް މައުލޫމާތު ދެއްވަމުން މުޑުވާލީގެ ފަރާތުން ހަސަން ވިދާޅުވީ ރޯދަ މަހަށް ތައްޔާރުވުމަށް އެކުންފުނިން ކޮންމެ ފަސް ދުވަހަކުން ފަސް ދުވަހަކުން އިންޑިއާއިން ތަރުކާރި އަދި މޭވާގެ ސަޕްލައި ގެންނަމުންދާ ކަމަށެވެ. މިއާއެކު މިހާރު އެ ކުންފުނިން ބާޒާރަށް ނެރެފައިވާ ތަކެތީގެ އަގު ރޯދަ މަހު ވެސް އެއަށް ވުރެ ބޮޑު ވެގެން ނުދާނެ ކަމަށް ދެންނެވިއެވެ.

އެގޮތުން މުޑުވާލިން ބާޒާރަށް ނެރެފައިވާ ތަކެތީގެ އަގުތައް:

ފިޔާ ބަސްތާ - 300 ރ

ބިސް ކޭސް - 340 ރ

އަލުވި ބަސްތާ - 320 ރ

ރޯދަ މަހު އަގު ކޮންޓްރޯލް ކުރަން ފިޔަވަޅު އަޅަމުންދާ ކަމަށާ މި ރޯދަ މަހުވެސް ކާބޯ ތަކެތީގެ އަގުބޮޑުވެގެން ނުދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް  އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވަނި ވިދާޅުވެފައެވެ. ރޯދަ މަހާ ދިމާކޮށް ކާބޯ ތަކެތީގެ އަގުތައް ބޮޑު ނުކުރުމަށް ވިޔަފާރިތަކަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައި ވަނީ ވޯލްޑް ބޭންކުން މިދިޔަ އަހަރު ނެރުނު ރިޕޯޓުގައިވެސް ރާއްޖޭގެ އިންފްލޭޝަން %7 ހުރަސް ކުރާނެ ކަމަށް އެ ބޭންކުން ލަފާ ކުރި ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން %3 އަށްވުރެ ދަށުގައި އިންފްލޭޝަން ހިފެހެއްޓިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ރޯދަ މަހުގައިވެސް، ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަށް އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު މި ގެންދަނީ އަޅަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ވިޔަފާރިވެރިން ތިބީ ތައްޔާރަށްޚަބަރު | 5 މަސް ކުރިންރޯދަ މަހު ކެފޭތައް މެންދަމު 3 ޖަހަންދެން ހުޅުވޭނެ، ފިހާރަތައް ހުޅުވޭނީ 1 ޖަހަންދެންޚަބަރު | 6 މަސް ކުރިންއައު ރޭޓުގައި ޓީޖީއެސްޓީ ނެގުމަށް ތައްޔާރުވުމަށް އިލްތިމާސްކޮށްފިޚަބަރު | 8 މަސް ކުރިންއެކްސްޕޯޓް 7.7 އިންސައްތަ ދަށަށްޚަބަރު | 8 މަސް ކުރިން