logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ އެކްސްޕޯޓު 12.2 އިންސައްތަ އިތުރުވެއްޖެ

އާމިނަތު ޝަފާ
3 އޯގަސްޓު 2025 - 04:32
 އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ އެކްސްޕޯޓު 12.2 އިންސައްތަ އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކްސްޕޯޓުކުރި މިންވަރު ފާއިތުވި އަހަރާ އަޅާބަލާއިރު 12.2 އިންސައްތައިން އިތުރުވެއްޖެއެވެ.

މަރުކަޒީ ބޭންކްގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖަނަވަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް 235.8 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއިން އެކްސްޕޯޓުކޮށްފައިވެއެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓުކުރީ 210.1 މިލިއަން ޑޮލަރުގެ މުދަލެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގެ ފުރަތަމަ 6 މަހު 79.4 މިލިއަން ޑޮލަރުގެ ދިވެހި އުފެއްދުން އެކްސްޕޯޓުކޮށްފައިވާއިރު މި އަހަރު ދިވެހި އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު 39 އިންސައްތަ ވަނީ އިތުރުވެފައެވެ. 

ދިވެހިންގެ އަމިއްލަ އުފެްދުންތަކަށް ބަލާއިރު އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ މަހާއި މަހުގެ އުފެއްދުންތަކެެވެ. މި އަހަރު 74.6 މިލިއަން ޑޮލަރުގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކޮށްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރި ގައުމަކީ ތައިލެންޑެވެ. އެގައުމަށް 45.3 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ  ތާޒާ އަދި ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ. ދެން އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި ގައުމަކީ އިނގިރޭސިވިލާތެވެ. އެ ގައުމަށް 13.9 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފިކުޅިވަރު | ދުވަހެއް ކުރިންވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފިޚަބަރު | މަހެއް ކުރިން އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ އެކްސްޕޯޓު 12.2 އިންސައްތަ އިތުރުވެއްޖެ ޚަބަރު | 3 މަސް ކުރިންކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ވިޔަފާރިވެރިން ތިބީ ތައްޔާރަށްޚަބަރު | 8 މަސް ކުރިން