logoEN
ޚަބަރު

އާރބަން ރީޖަންތަކާއި އާރބަން ސެންޓަރުތައް ތަރައްޤީކުރުމާއި ގުޅޭގޮތުން ރައީސް ވަނީ ސާފުކޮށް ދެއްވާފައި: ހީނާ

މުހައްމަދު މޫސާމުހައްމަދު މޫސާ

09 ނޮވެމްބަރު 2024 - 19:36

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން އާރބަން ރީޖަންތަކާއި އާރބަން ސެންޓަރުތައް ތަރައްޤީކުރެއްވުމާ ގުޅޭގޮތުން ރައީސް ވަނީ ސާފުކޮށް ދެއްވާފައިކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، އާރބަން ރީޖަންތަކާއި އާރބަން ސެންޓަރުތައް ތަރައްޤީކުރެއްވުމާ ގުޅޭގޮތުން މެނިފެސްޓޯގައި ހިމެނިފައިވާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވަނީ ސާފުކޮށްދެއްވާފައެވެ.

މިގޮތުން މާލޭ އާރބަން ރީޖަންގެ އިތުރުން މަތީ ފަންތީގެ ޚިދްމަތްލިބޭ ސަރަޙައްދެއް (އާރބަން ރީޖަންއެއްގެ) ގޮތުގައި އުތުރުގެ 3 އަތޮޅު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ އިދާރީ މައި ހަބުގެ ގޮތުގައި ކުޅުދުއްފުށި ހިމަނައިގެން އަދި ދެކުނުގެ 4 އަތޮޅު ހިމެނޭހެން އިދާރީ މައި ހަބުގެ ގޮތުގައި އައްޑޫ ސިޓީ ހިމަނައިގެން ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، މިހާރު ހައުސިންގ މިނިސްޓްރީން އާންމު ކުރައްވާފައިވަނީ މި ދެ އާރބަން ރީޖަންގެ އިތުރުން، އާރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ކަނޑައެޅުއްވި 7 ރަށް ކަމަށެވެ.

View post on Twitter

''ކުރީ ސަރުކާރުގެ އިސްވެރިންނަށް ކަންކަން ނޭނގި ވާހަކަދައްކަނީ، ނޫނީ ކަން ކަން އޮޅުވާލަން ގަސްތުގައި ދޮގު މައުލޫމާތު ފަތުރަނީ'' ހީނާ ވިދާޅުވެފަވެއެވެ.

އަރބަން ސެންޓަރު ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި، ރާއްޖޭގެ ދެކުނުގެ ސަރަހައްދު އުނިވެފައިވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

871x217_placeholder