logo
Bank of Maldives

Bank of Maldives

ޚަބަރު

ފިލިޕީންސްއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

އައިމިނަތު މޫސާ
20 އޯގަސްޓު 2025 - 06:13
 ފިލިޕީންސް އަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ފިލިޕީންސަށް ކަނޑައެޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރިޔަމް ޝަބީނާ އަޙްމަދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ފިލިޕީންސްގެ ރައީސް ފަރޑިނެންޑް އާރް.މާރކޮސް ޖޫނިއަރއަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ފިލިޕީންސްގެ ރިޔާސީ ގަނޑުވަރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation


ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ފިލިޕީންސް ގެ ރައީސް އަށް އަރިސްކުރައްވާފައެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަންވެސް އެރުވިއެވެ.

ފިލިޕީންސްގެ ރައީސްގެ ވާހަކަފުޅުގައި ސަފީރު އަށް މަރުހަބާ ވިދާޅުވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތުގައި އެކަމަނާއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ޔަޤީންކަން ދެއްވިއެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި ސަފީރު އަރިހުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ކައުންސެލަރ ހުސެއިން ޖައްހާޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބޭރު ގައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ދިވެހިރާއްޖެއިން ފިލިޕީންސަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. މަރިޔަމް ޝަބީނާ އަޙްމަދު އައްޔަން ކުރެއްވީ 12 މާރިޗު 2025 ގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލަނީޚަބަރު | 5 ގަޑިއިރު ކުރިންރާއްޖެއިން ސްވިޑަން އަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު، މަޤާމުގެ ފަތްކޮޅު އަރުވައިފިޚަބަރު | 17 ދުވަސް ކުރިންފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔައިފިޚަބަރު | 21 ދުވަސް ކުރިންޔޫއެއީ ކޮންސިއުލޭޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިޚަބަރު | 2 މަސް ކުރިން