logoEN
ޚަބަރު

އެއްމެ ތަނެއްގެ ބަދަލުގައި ގިނަ ތަންތަނަށް އެއްވުމުގެ ފުރުސަތު ހޯދައިދިނީ މި ސަރުކާރުން: ހީނާ

މުހައްމަދު މޫސާމުހައްމަދު މޫސާ

19 ޖޫން 2025 - 18:16

މާލޭގައި އެއްވުންތައް ބާއްވަން އެއްތަނުގެ ބަދަލުގައި ގިނަ ތަންތަން ހަމަޖެއްސީ މި ސަރުކާރުންކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ހީނާ ވިދާޅުވި ގޮތުގައި، ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

މި ސަރުކާރު ވެރިަކަމަށް އައުމުގެ ކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ކާނިވާ ސަރަޙައްދަށް ކަމަށާއި، އެއީ ކުރިން ހުއްދަ ނެގުމަކާ ނުލައި އެއްވެވޭ ހަމައެކަނި ސަރަޙައްދު ކަމުގައި ހީނާ ވިދާޅުވިއެވެ.

އެއްވެ އުޅުމުގެ ފުރުސަތު ފުޅާކޮށް، މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު މާލޭގެ އިތުރު ތަންތަނުގައި އެއްވެ އުޅުމަށް ހުއްދަ ދީފައިވާކަން ހީނާ ވަނީ ފާހަގަކުރަށްވާފައެވެ.

އެގޮތުން، ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނު ވަނީ ކުރިން ހުއްދަ ނެގުމަކާ ނުލައި ސިޔާސީ ހަރަކާތްތައް ހިންގޭނެ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައެވެ.

ހީނާ އިތުރަށް ވިދާޅުވި ގޮތުގައި، މިގޮތަށް ކަނޑައެޅި، ފުރުޞަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފް ލޯ އާއި ޑިމޮކްރެސީގެ ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެކެވެ.

ހީނާ މިފަދައިން ވިދާޅުވެފައި މިވަނީ އިދިކޮޅު އެމްޑީޕީގެ ހަރަކާތްތަކެއް ހިންގަން ސަރުކާރުން މާލެއިން ތަނެއް ނުދިންކަމަށް ބުނެ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ފެތުރުމާއި ގުޅިގެންނެވެ. ފައްޔާޒު ވަނީ ކުރީގެ ރައީސް ނަޝީދު އެމްޑީޕީއަށް އަލުން ގުޅިވަޑައިގަންނަވާ އިވެންޓް ބާއްވާނީ މުލިއާގެ ކައިރީގައި ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓް

871x217_placeholder