logo
ޚަބަރު

ސީޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

27 މޭއި 2024: ސިޑްސްގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ރައީސް ވަވެލް ރަމްކަލަވަން އާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
27 މޭއި 2024: ސިޑްސްގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ރައީސް ވަވެލް ރަމްކަލަވަން އާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ސީޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ، އެ ގައުމުގެ ރައީސް ވަވެލް ރަމްކަލަވަން އާއި އެ ގައުމުގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

އެ ގައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވަމުން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރާއްޖެ އާއި ސީޝެލްސްގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ސަރަޙައްދީ ސުލްޙަމަސަލަސްކަމާއި ކުރިއެރުމަށް ދެ ޤައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިއަދު ފަދަ ޚާއްސަ ދުވަހެއްގައި އެމަނިކުފާނުގެ އުންމީދަކީ، އެ ޤައުމުގެ ރައްޔިތުންގެ މެދުގައި އުފާވެރިކަމާއި އެއްބައިވަންތަކަން އުފެދިގެން ދިޔުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ސީޝެލްސް އާއެކު ޚާރިޖީ ގުޅުން ޤާއިމްކުރީ 1 ޖުލައި 1980 ވަނަ އަހަރުއެވެ. އޭގެ ފަހުން ފަތުރުވެރިކަން، މޫސުމީ ބަދަލުތައް، ކަނޑުތަކުގެ ރައްކާތެރިކަން އަދި ޒުވާނުން ތަރައްގީކުރުން ފަދަ މުހިންމު ދާއިރާތަކުން ދެ ގައުމު އެކުގައި މަސައްކަތްކޮށްފައިވެއެވެ.

އޭގެ ނަތީއްޖާއެއްގެ ގޮތުން، 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އެ ގައުމުގެ ރައީސް ވަވެލް ރަމްކަލަވަން ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ. އެ ދަތުރުފުޅުގެ ތެރެއިން ވެސް ދެ ޤައުމު އެކުގައި ކުރެވޭނެ މުހިންމު ކަންކަމާ ގުޅޭ ގޮތުން، ދެ ޤައުމުން ވަނީ ފަހުމުނާމާތަކެއްގައި ސޮއިކޮށްފައެވެ.

އަދި އޭގެ ފަހުމް، މިދިޔަ އަހަރު ބޭއްވި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކޮންފަރެސް (ސިޑްސް)ގެ ހަވާސާގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އެ ޤައުމުގެ ރައީސްއާ ބައްދަލުކުރައްވައި، ދެ ޤައުމު އެކުގައި ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އޭގެ ތެރޭގައި އިންޑިޔާ ކަނޑުގެ ރައްކާތެރިކަން ޤާއިމްކުރުމާއި އަދި މޫސުމީ ބަދަލުތަކާއި ގުޅުންހުރި މުހިންމު މަޝްވަރާތަކެއް ދެ ރައީސުން ވަނީ ކުރައްވާފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަކުނުދޫ އެއާޕޯޓަށް ވަރަށް އިސްކަންދެން، ބޭނުންވަނީ ވަރަށް އަވަހަށް އެ މަޝްރޫއު ނިންމަން: ރައީސްޚަބަރު | 11 ދުވަސް ކުރިން ފިލިޕީންސް އަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފިޚަބަރު | 17 ދުވަސް ކުރިންޕާކިސްތާނުގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވީ ޙާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 19 ދުވަސް ކުރިންސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު ހާމަކޮށްފިޚަބަރު | 2 މަސް ކުރިން